ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން އެއް ވުޒާރާއަކަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން އެއް ވުޒާރާއަކަށް ބަދަލުކުަރއްވައި މިއަދު އެ ވުޒާރާއަށް މުހައްމަދު އަމީން ހަމަޖައްސަވައިފިއެވެ.
ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތައް އެއް ވުޒާރާއަކަށް ހަމަޖައްސަވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރެއިންނެވެ.
މީގެ ކުރިން ސިވިލް އޭވިއޭޝަން ހިނގަމުން ގެންދިޔައީ ޓްރާސްޕޯޓް މިނިސްޓްރީއާއެކުގައެވެ. އެ ވުޒާރާގެ ވަޒީރަކަށްވެސް ހުންނެވީ މުހައްމަދު އަމީނެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާ ހިންގަމުންދިޔައީ ތިމާވެއްޓާ ބެހޭ ވުޒާރާއާ އެކުގައެވެ. އެ ވުޒާރާގެ ވަޒީރެއްގެ ގޮތުގައި ހުންނެވީ ތޯރިގް އިބްރާހީމެވެ.
ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަނަކީ ވަރަށްބޮޑަށް ގުޅި ލާމެހިފައިވާ ދެ ދާއިރާއެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް