މާލެ އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލެ އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންނަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.
މަސްވެރިކަމުގެ ހަބަރުތައް ގެނެސްދޭ އިހަވަންދޫ މަސްވެރިންގެ ޕޭޖުން ބުނެފައިވަނީ، ކ ގުޅިއަށް ނިސްބަތްވާ ހަލިފާ ދޯނިން ހޮވާފައިވަނީ މާވަހަރުގެ އެންމެ އަގުބޮޑު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ކަމަށެވެ.
މާވަހަރެއްކަމަށް ބެލެވޭ މި އެތި ހޮވާފައިވަނީ މީގެ ދެދުވަހެއްވަރު ކުރިން އއ ތޮއްޑޫ އާ ދިމާ 30 މޭލު ބޭރުން ކަނޑު މަތިންނެވެ. އޭތީގެ ބަރުދަނުގައި 10 ވަރަކަށްކިލޯ ހުރި މި މާވަހަރުގައި ހުދަންބަރަކުން ފެންނާނެކަމަށް ބުނާ ހުރިހާ އަލާމާތް ތަކެއް ފެންނަން ހުރިކަމަށް ވެއެވެ.
ބާޒާރުގެ ލަފާކުރާއަގަށް ބަލާއިރު 10 ކިލޯގެ މާވަހަރެއްގެ އަގު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާގެ އަގަކަށް ބޭރަށް ވިއްކާލެވެއެވެ. ރާއްޖެއިން ބޭރުކުރާ މާވަހަރުގެ ބާވަތްތަކުން ދައުލަތަށް 50 އިންސައްތައިގެ އެކްސްޕޯޓް ޑިއުޓީ ފިއެއް ނަގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް