ހޮނިހިރު ދުވަހު ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ނިންމާފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.
ޒަކާތު ހައުސް އިން ބުނީ މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެގޮތުން ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން 18ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ނިންމާފައިވާ ވަގުތުތައް:
- 14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް
- 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް. އަދި 13:00 އިން 15:00 އަށް
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މާލޭގައި ހުންނަ ސެންޓަރ ފޮރ ސެކަންޑަރީ އެޑިޔުކޭޝަންގަ އެވެ.
ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތެކެވެ. އެއީ
* އާދައިގެ ހަނޑޫ
* ތައިލެންޑް ހަނޑޫ
* ބާސްމަތީ ހަނޑޫ
* ރަތް ހަނޑޫ
* ގޮދަން ފުށް
* އާޓާ ފުށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް