ފާރިސްއާއި މަހާާތިރު ބައްދަލުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ.ތުން މަހާތިރު މުހައްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ އިއްޔެގެ ވަގުތެއްގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރުގައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، މަހާތިރު ފާރިސްއާއި ބައްދަލުކުރެއްވީތީ ޝުކުރުވެރިވާކަމަށާއި މިއީ ލިބިގެންދިޔަ ބޮޑު ފަޚުރެއް ކަމަށެވެ.
މިދެބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް