އާ ސިޔާސީ ޕާޓީގެ ފުރަތަމަ މެންބަރަކަށް އަދީބު!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިލެެކްޝަންސް ކޮމިޝަނުގެ ފަރާތުން މިއަދު އުފެއްދުމަށް ހުއްދަދިން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓްސް ޕާޓީގެ ފުރަތަމަ މެންބަރަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެވަޑައިގެންފިއެވެ.
މި ޕާޓީއަށް އަދީބު ސޮއިކުރައްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އަދީބު ހުންނަވާ ގެކޮޅުކަމުގައިވާ ގ.ހުމަށީގައެވެ. އަދީބުގެ މެންބަރޝިޕް ފޯމާއި ހަވާލުވެ ވަޑައިގެންފައިވަނީ މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްއެވެ.
ފާހަގަކޮށްލެވޭގޮތުގައި އަދީބު މިވަގުތު ހުންނެވީ ބަލިހާލުކޮޅު ހުންނެވި ގޮތުން ގޭބަންދުގައެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓްސް ޕާޓީއަށް ސިޔާސީ ދާއިރާގައި ހަރަކާތްތެެރިވެ ވަޑައިގަންނަވާ މުހިންމު ބައެއް ބޭފުޅުން ގުޅޭނެކަމަށް އާސިފް މިއަދު ވަނީ މީޑިޔާތަކަށް މައުލޫމާތު ދެއްވާފައެވެ.
ބެލެވޭ ގޮތުގައި އެމްޓީޑީއަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މެންބަރުން ގުޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް