ލަންކަާ ފުލުހުން
ލަންކަާ ފުލުހުން
ދުނިޔެ 18 Jun 2024 | 06:35

ލަންކާގައި ފުލުހުންކަމަށް ހެދިގެން ފޭރިގެންފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

އާދައިގެ ހެދުމުގައި ތިބެ ފުލުހުންކަމަށް ބުނާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ސްރީލަންކާ ލަންކާ ފުލުހުން އިލްތިމާސްކޮށްފިއެވެ.

ލަންކާ ފުލުހުން މިކަކަމަށް އިލްތިމާސްކޮށްފައިވަނީ ހުކުރު ދުވަހުގެރޭ ކޮޅުނބުގެ މަރަދާނަ ސަރަހައްދުގައި، ސައިކަލެއްގައި ދިޔަ ދެމީހަކު ފުލުހުންކަމަށް ބުނެ އާއްމު މީހެއްގެ ފޯނު ފޭރުނު މައްސަލަކަށްފަހުއެވެ. ހުކުރު ދުވަހުގެރޭ ކެޓަވަލަމުއްލާ ޖަންގްޝަން ކައިރިން އާއްމުންގެ މީހަކު ހިނގާފައި ދަނިކޮށް، ސައިކަލެއްގައި ދިޔަ އާދައިގެ ހެދުމުގައި ތިބި ދެމީހުކު އެމީހުންނަކީ ފުލުހުންކަމަށް ބުނެ އޭނާ ހުއްޓުވިއެވެ. އަދި ހުއްޓުވުމަށްފަހު ޗެކްކުރަނީކަމަށް ބުނެ އޭނާގެ ފޯނާއި ވޮލެޓް ފޭރިގަތުމަށްފަހު، ފޯނު އަނބުރާ ލިބޭނީ މަރަދާނަ ޕޮލިސް ސްޓޭޝަނަށް ދިޔުމުންކަމަށް ބުނެ އެސަރަހައްދުން ފިލިއެވެ.

އެމީހާ އަތުލައިގެންފައިވަނީ ހޮނިހިރު ދުވަހުގެރޭ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން މަސްތުވާތަކެތި ވިއްކަމުންދާ މީހެއްކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ސައިކަލެއްގައި ދިޔަ މީހަކު ހުއްޓުވިއިރު، އެ ސައިކަލަކީ ކުރީ ރޭ ފޭރުމުގެ އަމަލު ހިންގި ސައިކަލުކަމަށް ފުލުހުން ލަންކާގެ މީޑީއާއަށް މައުލޫމާތު ދީފައިވެއެވެ.

އާދައިގެ ހެދުމުގައި ތިބޭ ބަޔަކު ފުލުހުންކަމަށް ބުނެ ހުއްޓުވައި، ބަލައި ފާސްކުރަން އުޅޭނަމަ އެމީހުންގެ ފުލުސް ކާޑު ދެއްކުމަށް އެހުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
10 Oct 2026 ދުނިޔެ

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި
07 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި

ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ. ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި...

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި
03 Oct 2026 ދުނިޔެ

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި

ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމ...

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް
01 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް

އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އ...

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި
29 Sep 2026 ދުނިޔެ

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި

އިންޑިއާއިން ސްރީލަންކާއަށް ގާތްގަނޑަކަށް 3 ޓަނުގެ ޓީބީ އަށް ފަރުވާކުރާ ބޭސް ފޮނުވައި، އެ ގައުމުގެ އާންމު ސިއްހީ ނިޒާމަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަލުން ދީފިއެވެ. އިންޑިއާގެ އެކ...