އެސްޓީއޯ ސުޕަމާކެޓުން "މިނިވަން އުފާ ޕްރޮމޯޝަން" ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އެސްޓީއޯ ސުޕަމާކެޓުން "މިނިވަން އުފާ ޕްރޮމޯޝަން" ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވަރަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. "މިނިވަންއުފާ ސޭލް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިން ކުރިއަށް ދާނީ އަންނަ އޮގަސްޓްމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނީ މި ސޭލްގެ މައިގަނޑު ބޭނުމަކީ އެކުންފުންޏާއި އާއްމުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުންކަމަށެވެ. މި މުއްދަތުގައި ވިޔަފާރި ކުރައްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯ ސުޕަމާކެޓަކީ އެއް ފުރާޅެއްގެ ދަށުން ގިނަ އުފެއްދުންތަކެއް އަގުހެޔޮކޮށް ލިބޭ ތަނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް