ރިޕޯޓްފޮތްދީ ދަރިވަރުން ފުރަތަމަ ޓާމް ޗުއްޓީއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓްފޯމް މިއަދު ދީ ދަރިވަރުންގެ ޗުއްޓީ މިއަދު ފެށިއްޖެއެވެ.
ފުރަތަމަ ޓާމްގެ ޗުއްޓީ މިއަދު ފެށިފައިވާއިރު، ޗުއްޓީ ނިމި ދަރިވަރުންގެ ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓްމަހުގެ ދެވަނަ ދުވަހުއެވެ. އެހެންކަމުން ފުރަތަމަ ޓާމްގެ ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ބަންދުވާނީ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. މިއަހަރު ރާއްޖޭގެ ސްކޫލްތަކުގައި 80،000 ހާހަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު، ގްރޭޑް އެކަކަށް އަލަށް 4700 އަށްވުރެ ގިނަ ކުުދިން ވައްދާފައި ވެއެވެ. މީގެ ތެރެއިން މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަނުމަށް އެކަނިވެސް މިއަހަރު ދެހާހާ ދަރިވަރުންނަށް ޖާގަ ދީފައި ވެއެވެ.
ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ދަރިވަރުންގެ ސްކޫލް ޗުއްޓީ ފެށިފައިވާއިރު، ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ 2027 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް