ދިވެހި ބަހުގެ ކުރީގެ ވަޒީރު އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުރީގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ރައީސް އޮފީހުގެ މުޝީރެއްގެ މަގާމަށް އިއްޔެ އައްޔަންކޮށްފިއެވެ.
އާދަމް ނަސީރު އައްޔަންކުރެއްވީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖު ދާއިރާގެ މުޝީރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ އައްޔަންކުރީ މިނިސްޓަރު ފެންވަރުގައެވެ.
އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިޚާބަށްފަހު ރައީސް މުޢިއްޒުގެ އެންގެވުމަކަށް ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވީ އެމަހު 14 ވަނަ ދުވަހުގައެވެ.
އެފަހުން ކެބިނެޓް އަލުން އެކުލަވައިލެއްވިއިރު، އިސްތިއުފާދެއްވި ބައެއް ވަޒީރުން މިހާރު ވަނީ ސަފީރުންގެ ގޮތުގައި އައްޔަނު ކުރައްވާފައެެވެ. އަދި އޭރުގެ ހެލްތު މިނިސްޓަރު ނާޒިމް ވަނީ ރައީސް އޮފީހުން އަލުން މަގާމެއް ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް