ރައީސް ޑރ.މުޢިއްޒު، އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރ.އިންނަމާދޫ ވޮލީ ކޯޓު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް ޑރ.މުޢިއްޒު، އިންނަމާދޫ ވޮލީ ކޯޓް ހުޅުވައިދެއްވާފައިމިވަނީ އެމަނިކުފާނު މިހާރު ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިގޮތުން ރައީސް ޑރ.މުޢިއްޒު ވަނީ އެތަން ހުޅުވުމަށްފަހު ބައްލަވާލައްވާފައެވެ.
އެއަށްފަހު ރައީސް ޑރ.މުޢިއްޒު ވަނީ އެ ރަށުގައި ސަރުކާރުން ގާއިމުކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި އިންނަމާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާންއެވެ. އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް