ވިއްސާރައިގައި ހާލުގައި ޖެހުނު ފަރާތްތަކަށް ހެޕީމާކެޓުން ދޮޅުލައްކަ ރުފިޔާގެ އެހީއެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރައިގައި ހާލުގައި ޖެހުނު ފަރާތްތަކަށް ހެޕީމާކެޓް ކުންފުނީގެ ފަރާތުން 150،000 ރުފިޔާގެ އެހީއެއް ވެދީފިއެވެ.
އެކުންފުނިން ނެރުނު ބަޔާނެއްގައިވާގޮތުގައި ބުދަ ދުވަހުގެ ވިއްސާރައިގައި އެކުންފުނީގެ ބައެއް މުދަލަށްވެސް ވަނީ ގެއްލުންތަކާއި ކުރިމަތިލާންޖެހިފައެވެ.
އަދި މި ވިއްސާރައިގައި ހާލުގައި ޖެހި ވަގުތީގޮތުން އެހެނިހެން ބޯހިޔާވަހިކަމަށް ބަދަލުވާންޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން އެކުންފުނިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ދޮޅުލައްކަ ރުފިޔާގެ އެހީއެއްވެސް ވެދީފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
"މިކަމުގައި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ވަގުތީ ގޮތުން ގެދޮރު ގެއްލުނު ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ހަޟުރަތުން ދުއާކުރަމެވެ"' މި ބަޔާން ނިންމާލަމުން ހެޕީމާކެޓިންގްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް