ފަތުރުވެރިން: ފޮޓޯ / ވޮއިސް
ފަތުރުވެރިން: ފޮޓޯ / ވޮއިސް
ވިޔަފާރި 02 Oct 2026 | 09:00

ޓީޖީއެސްޓީގެ އާ އުސޫލު؛ އިޓަލީގެ ޓުއާ އޮޕަރޭޓަރަކުން ރާއްޖޭގެ ބުކިން މެދުކަނޑާލައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމުގެ އުސޫލަށް މީރާއިން އިއްޔެ ޢަމަލުކުރަން ފެށުމާ ގުޅިގެން އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އިޓަލީގެ ކިއާ އޯރާ ވިއާޖީ ކުންފުނިން ރާއްޖެއަށް އާ ބުކިންތައް ނެގުމާއި ދަތުރު ވިއްކުން މެދުކަނޑާލައިފިއެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ ޤާނޫނީ ހަމަތަކަށް އިޙުތިރާމުކުރާ މާޙައުލެއް އަލުން ޤާއިމުވެއްޖައުމަށް ދާންދެން މި ނިންމުން ދެމިއޮންނާނެއެވެ. ރާއްޖޭގައި އޮފީހެއް ނެތި އިޓަލީގައި ހިންގާ ކޮންސަލްޓެންސީ އަދި އިންޓާމީޑިއަރީ މަސައްކަތުގެ މާޖިންއިން 17 އިންސައްތައިގެ ޓީޖީއެސްޓީ ނެގުމާއި މީރާގައި ރަޖިސްޓަރީ ކުރަން ލާޒިމުކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނީ އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

ރާއްޖޭގެ ރިސޯޓުތަކާއި ދަތުރުފަތުރާއި ސީދާ ރާއްޖެއިން ލިބިގަންނަ ޚިދުމަތްތަކަށް މިހާރުވެސް ޤަވާޢިދުން ޖީއެސްޓީ އާއި ގްރީން ޓެކްސް ދައްކަމުން އަންނަ ކަމަށް ވެސް ބަޔާނުގައި އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ކުރިން ކޮންފާމް ކޮށްފައިވާ ބުކިންތައް ގެންގުޅޭ ފަތުރުވެރިން ހާސްވާން ނުޖެހޭ ކަމަށާއި އެއްބަސްވެފައިވާ އަގުގައި އެ ބުކިންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކިއާ އޯރާ ވިއާޖީން ބުނެފައިވެއެވެ.

މި ފިޔަވަޅަކީ ޔޫރަޕުގެ އިއްތިޙާދުގެ ޓްރޭޑް ޔުނިއަންތަކުން މި މައްސަލައާ ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ އިޙުތިޖާޖުގެ ބައެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޔޫރަޕުގެ ޓްރެވަލް އެޖެންޓުންގެ ފެޑެރޭޝަން (އީސީޓީއޭއޭ) އިން ބްރަސަލްސްގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އިނގިރޭސި ވިލާތުގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (އޭބީޓީއޭ) އިން ވެސް މި ބަދަލަށް ޢަމަލުކުރުން ފަސްކޮށްދިނުމަށް އެދި ރާއްޖޭގެ ޓޫރިޒަމް ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިޓަލީގެ ޓުއާ އޮޕަރޭޓަރުން މިފަދަ ނިންމުމެއް ނިންމިއިރު، މިއީ ހަމައެކަނި ރާއްޖެއިން އަމަލުކުރާ އުސޫލެއް ނޫނެވެ. ބޭރުގެ ބައެއް ބޮޑެތި ޤައުމުތަކުން ވެސް ޓީޖީއެސްޓީގެ މިފަދަ އުސޫލެތައް ގެންގުޅެއެވެ. އޭގެ ތެރެއިން ކެނެޑާގައި ހާރމޮނައިޒްޑް ސޭލްސް ޓެކްސްއެއް އެ ޤައުމުން ބޭރުގައި މަސައްކަތް ކުރާ އޮންލައިން ޓްރެވަލް އޮޕަޜޭޓަރުތަކުން ނަގައެވެ. އަދި ނިއު ޒީލެންޑުން ވެސް 15 އިންސައްތައިގެ ރިމޯޓް ސާވިސަސް ޖީއެސްޓީއެއް ޤައުމުން ބޭރުގައި މަސައްކަތް ކުރާ ޑިޖިޓަލް ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގައެވެ.

އަދި ރާއްޖެއިން މި ނިންމުން ނިންމީ ރާއްޖެއަށް ވަންނަ ފަތުރުވެރިކަމުގެ އާމްދަނީގެ ބޮޑު ބައެއް ރާއްޖޭގައި މަސައްކަތް ކުރާ ބޭރު ކުންފުނިތަކުގެ ޤައުމުތަކަށް ދާތީއެވެ. މި ބަދަލުގެ ސަބަބުން ރާއްޖެއަށް ވަންނަ ފަތުރުވެރިމަމުގެ އާމްދަނީން ރާއްޖޭއިން ބޭރަށް ދާ އާމްދަނީގެ މިންވަރު މަދުވެގެންދާެއެވެ. އަދި ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު ވެސް އިތުރުވެގެންދާނެއެވެ.

މީރާއިން މި އުސޫލަށް ޢަމަލުކުރަން ފަށާފައިވަނީ އޮކްޓޫބަރު 1 އިން ފެށިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
01 Nov 2026 ހަބަރު

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
29 Oct 2026 ހަބަރު

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ

ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު )އެމްއެންޑީއެފް( ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
25 Oct 2026 ހަބަރު

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި

އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް
03 Oct 2026 ހަބަރު

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ ލިބޭ އެކިއެކި ދައިރާތަކުގެ ކުރިއެރުން ރަނގަޅުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ ހަރަދުބަރަދު ހުރިނެތްގޮތާ ގުޅޭގޮ...

އިޓަލީން މިފަހަރުވެސް ޒިދާން ހުއްޓުވައިފި
03 Oct 2026 ކުޅިވަރު

އިޓަލީން މިފަހަރުވެސް ޒިދާން ހުއްޓުވައިފި

ޔުއެފާ ނޭޝަންސް ލީގްގައި އިޓަލީ އާއި ފްރާންސް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ފްރާންސްގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭ...

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް
29 Sep 2026 ކުޅިވަރު

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް

ޔުއެފާ ނޭޝަންސްލީގް އޭ ގްރޫޕް އެކެއްގައި އިޓަލީ އާއި ތުރުކިޔޭ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އިޓަލީން ކާމިޔާބުކޮށްފިއެވެ. ތުރުކިޔޭގައި ކުޅުނު މިމެޗް އިޓަލީ ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މެޗުގެ ...