ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ނިޒާރަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ނިޒާރަށް ރުހުން ހޯދުމަށް ފޮނުވީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނިޒާރުގެ މައްސަލަ ދިރާސާކުރި ކޮމެޓީން ވެސް ނިޒާރު އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީސީބީގެ ރައީސަކަށް މުހައްމަދު ނިޒާރު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމުންނެވެ.
ނިޒާރު ވަނީ 2014 އިން 2019 އަށްވެސް ޕީސީބީ ގެ ރައީސްކަމުގެ މަގާމު ފުރުއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް