ލެގޫންސް ގެ ކޯޗުގެ މުހައްމަދު ޝާޒްލީ
ލެގޫންސް ގެ ކޯޗުގެ މުހައްމަދު ޝާޒްލީ
ކުޅިވަރު 06 Jan 2024 | 22:55

ޝާޒްލީ ގެ އިރުޝާދުގެ ދަށުން، ލެގޫންސުން މުބާރާތް ފެށީ މޮޅަކާއެކު

އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅެވުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ކްލަބް ޕީކޭ ބަލިކޮށް ލެގޫންސް ސްޕޯޓްސް ކުލަބުން މުބާރާތް ފެށީ މޮޅަކާއެކު އެވެ.

މުބާރާތުގައި ކުލަބު ޕީކޭ އިން ކުޅުނު ފުރަތަަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، މި މެޗަކީ އެންމެ ފަހުގެ ތިންވަނަ ޑިވިޝަން ޗެމްޕިއަން ލެގޫންސް ސްޕޯޓްސް ކުލަބުން މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ގެ އިރުޝާދުގެ ދަށުން މިއަހަރު ދެވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ލެގޫންސުން މި މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލާފައި ވާއިރު، އެޓީމުގައި ބިދޭސީ ހަ ކުޅުންތެރިއަކު ހިމަނާފައެވެ. އޭގެ ތެރޭގައި ކުރިން ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަޒަރުބައިޖާން ކީޕަރު އެލްމައްދީން މަމަޑޯވް، އާއި ކުރިން އީގަލްސް އަށް ކުޅުނު ރަޝިއާ ފޯވާޑް ވްލަޑިސްލާވް ކޯމިޝިން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ޕީކޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ލެގޫންސުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައެވެ.

މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްރީލަންކާ ގައުމީ ޓީމު މިޑްފީލްޑަރު މުހައްމަދު އަމަން ފައިޒާ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލެގޫންސް ކުރީގައި އޮވެގެންނެވެ.މެޗުގެ ދެވަަނަ ހާފުގައި ލެގޫންސުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އަހުމަދު ރިފްޝާން އެވެ. އޭނާ އަކީ މީގެ ކުރިން ވެސް ދެވަނަ ޑިވިޝަންގެ ގިނަ ޓީމުތަކަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

މިމެޗުގައި ލެގޫންސުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 69 ވަނަ މިނެޓުގައި ރިފްޝާން ކަމިޔާބުކުރި އިރު، އެޓީމުގެ ތިންވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދިނީ 83 ވަނަ މިނެޓުގައެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ލެގޫންސް ކުރީގައި އޮވެގެންނެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 15 ޓީމަކުން ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 15 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ހޯދާ ދެޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭއިރު، ކުއާޓާގެ ފަހު ދެޖާގަ ލިބިގެންދާނީ ތިން ގުރޫޕުން ވެސް ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިިން އެންމެ ނަތީޖާ ރަގަޅު ދެޓީމަކަށެވެ.

ގްރޫޕް ސީގައި ލެގޫންސް، ޕީކޭ، ވިކްޓަރީ، ލޮރެންޒޯ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ ބިސްބުރު ސްޕޯޓްސް ކްލަބެވެ. މިގުރޫޕްގެ ފުރަތަަމަ މެޗުގައި ޕީކޭ އާއި ވިކްޓަރީ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ވިކްޓަރީ ކާމިޔާބުކުރިއިރު ލޮރެންޒޯ އާއި ބިސްބުރު ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލޮރެންޒޯ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...