ކެނަބިސް ބޭނުންކުރާކަމަށް ޕިލިޕީންސްގެ ރައީސް ބުނެފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޝެޑިއުލް ބިޒީވުމުގެ ސަބަބުން ހޭލާހުރުމަށް މަސްތުވާތަކެތީގެ ބާވަތެއްކަމުގަައިވާ ކެނަބިސް ބޭނުންކުރާ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ބުނުމުން، އެގައުމުގެ ގިނަ ބަޔަކު އެކަމާއި މެދު ނުރުހުން ފާޅުކޮށްފިއެވެ.
ޑުޓާޓޭ މި ބީދައިން ވާހަކަ ދައްކަވާފައިވަނީ މިދިޔަ މަހު ސިންގަޕޫރުގައި ކުރިއަށްދިޔަ އާސިޔާން ލީޑަރުންގެ ސަމިޓްގެ ތެރެއިންނެވެ.
ޑުޓާޓޭ ވިދާޅުވީ އެމަނިކުފާނުގެ ޝެޑިއުލްގެ ބުރަކަމުން ހޭލާހުރުމަށް ބައެއްފަހަރު ކެނަބިސް ބޭނުންކުރާ ކަމަށާއި، އެއީ ކުރަން ވަރަށް ފައްކާ ކަމެއްކަމުގައެވެ. މިފަދައިން ވިދާޅުވުމަށްފަހު ޑުޓާޓޭ ފަހުންވަނީ އެއީ މަޖަލަކަށް ވިދާޅުވި ވާހަކައެއްކަމަށް ވިދާާޅުވެފައެވެ.
ނަމަވެސް ފިލިޕީންސްގެ ރައްޔިތުން ބުނާގޮތުގަައި ޑުޓާޓޭ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގަައި އެތައްބަޔަކު މަރުވަމުން އަންނައިރު، އެބޭފުޅާ މަސްތުވާތަކެއްޗާއި މެދު ސަމާސާ ބީދައަކުން ވާހަކަދެއްކުމަކީ ގަބޫލުކުރެއްވޭނެކަމެއް ނޫންކަމަށެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ޑުޓާޓޭވަނީ މިފަހަރުގެ ސަމިޓްގެ ގިނަ ބައްދަލުވުންތައް، ނިދިކުރެއްވުމަށްޓަކައި ދޫކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް