ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 8:15 އިން މެންދުރު 14:00 އަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށްވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެއެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ދެކުނަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކަނޑުތައް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައިވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް