ޓެކްސީއެއްގައި ދަތުރުކުރި ބިދޭސީއަކު ބަނގުރަލާ އެކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ޓެކްސީ އަކުން ފޭބި ބިދޭސީއެއް ގިނަ އަދަދެއްގެ ބަނގުރާލާއެކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ، ރަސުލް އުފާ ރިދޯއީ (30 އ) އެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ފުލުހުން މި މީހާ ހައްޔަރުކުރީ ޓެކްސީއެއްގައި ދަތުރުކުރަމުން ގޮސް، އޭނާ ދާން ބޭނުންވާ ތަނަށް ގޮސް ޓެކްސީ މަޑުކުރުމާ އެކު އެ ތަނުން ބަނގުރަލާ އެކު އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ޓެކްސީގައި ހުރި ބަނގުރަލާ ހަވާލުވުމަށް ރަސުލް ވަނީ ދެކޮޅު ހަދާފަ އެވެ.
މިހާރަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބުދޭސީން ހައްޔަރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް