N/A
N/A
ރިޕޯޓް 06 May 2024 | 08:42

އިތުރަށް ބޭނުން ނުކުރިޔަސް ލޯޑް ބޮޑުވާ ގޮތްތައް

އެޕްރީލް، މޭ މަހު އާންމުންގެ މެދުގައި އެންމެ ގިނައިން ދެކެވެމުންދާ އެއްވާހަކައަކީ ކަރަންޓު ބިލުގެ ވާހަކައެވެ. ސުވާލަކަށްވެފައި އޮންނަނީ މިދުވަސްވަރު ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުވަނީ ކީއްވެގެންތޯއެވެ.

ކަރަންޓު ސާމާނުން ކުރާ ބޭނުން އެއްވެސް ގޮތަކަށް ތަފާތު ނުވި ނަމަވެސް، ކަރަންޓަށް ހޭދަވާ މިންވަރު އިތުރުވެ މަދުވާ ވަރަށް ބައިވަރު ހާލަތްތައް އާދެއެވެ.

އެގޮތުން މާހައުލުގެ ފިނިހޫނުމިން ހުންނަ މިންވަރަކީ ކަރަންޓު ސާމާނަށް ހަކަތަ ބޭނުންވާ މިންވަރު އިތުރުވާ އެއް ސަބަބެވެ. މިނޫނަސްވެސް އެތައް ބައިވަރު ސަބަބުތަކެއް ހުރެއެވެ. އެއިން ބައެއް ކަންކަމަށް މިލިޔުމުގައި ފަހުން އަލިއަޅުވާލާނަމެވެ.

ފިނިހޫނުމިނުގެ ސަބަބުން ހަކަތަ ހޭދަވާ މިންވަރު ތަފާތުވާ ގޮތް

ފުރަތަމަ މި ބަލައިލަނީ ފިނިހޫނުމިނުގެ ސަބަބުން ތަފާތު އަންނަ ސަބަބަށެވެ. މީހުން ދިރިއުޅޭ ގޭގޭގައި ރާއްޖޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ސާމާނުގެ ތެރޭގައި ހިމެނެނީ އޭސީއާއި އައިސްއަލަމާރިއެވެ.

ފިނިކުރުމަށް ބޭނުންކުރާ ސާމާނު މަސައްކަތްކުރާނީ މާހައުލުގައި ހުންނަ ހޫނުމިނަށްވުރެ އެތެރޭގެ ހޫނުމިން ދަށްކޮށް ބެހެއްޓުމަށެވެ.

މިސާލަކަށް ބޭރުތެރޭގެ ފިނިހޫނުމިން 28 ޑިގްރީގައި ހުންނަ ދުވަހެއްގައި އޭސީ 25 ޑިގްރީއަށް ޖައްސާފައި ބަހައްޓާނަމަ އޭސީއިން މަސައްކަތްކުރަންޖެހޭނީ ކޮޓަރީގެ ފިނިހޫނުމިން ބޭރަށްވުރެ 3 ޑިގްރީއަށް ދަށްކުރެވޭތޯއެވެ.

އެހެންނަމަވެސް ޖެހިގެން އަންނަ މަހު ބޭރުތެރޭގެ ފިނިހޫނުމިން 33 ޑިގްރީއަށް އަރައިފިނަމަ  އޭސީ 25 ޑިގްރީއަށް ޖައްސާފައި ބެހެއްޓިއަސް އޭގެން ކުރަންޖެހޭ މަސައްކަތް އިތުރުވެއެވެ. މިހާލަތުގައި 8 ޑިގްރީގެ ތަފާތެއް ގެނައުމަށް އޭސީއިން ކެނޑިނޭޅި މަސައްކަތްކުރާނެއެވެ.

މޯލްޑިވްސް މީޓިއަރަލޮޖިކަލް ސާރވިސަސްގެ ތަފާސްހިސާބަށް ބަލާއިރު، މާރޗް، އޭޕްރިލް، މޭ ހިމެނެނީ އެންމެ ފިނިހޫނުމިން މައްޗަށްދާ މަސްތަކުގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން، އަހަރެމެންގެ އަމަލުތައް ބަހައްޓާގޮތް އެހެން މަސްތަކާ ތަފާތު ނުވިޔަސް، އޭސީ އައިސްއަލަމާރި ފަދަ ސާމާނަށް ކުރާ ލޯޑު ބޮޑުވާނެއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ބުނާގޮތުގައި ފާއިތުވެދިޔަ ފަސް އަހަރުގެ އެވްރެޖަށް ބަލާއިރުވެސް ފިނިހޫނުމިން އިތުރުވާ މަސްތަކުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވެއެވެ.

ގޭގައި ބޭނުންކުރާ ސާމާނުގެ ޓެކްނޮލޮޖީގެ ސަބަބުން ހަކަތަ ހޭދަވާ މިންވަރު ތަފާތުވާ ގޮތް

ކަރަންޓު ބޭނުންކުރާ ސާމާނުގެ ތެރޭގައިވެސް އެކި ކޮލިޓީގެ އެކި ޓެކްނޮލޮޖީ ބޭނުންކުރާ ސާމާނު ހިމެނެއެވެ. ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރައިގެން އަންނަމުންދާއިރު، ކަރަންޓު ސާމާނުގެވެސް އެފިޝަންސީ ރަނގަޅު ކުރުމަށް މަސައްކަތް ކުރެވެމުންދެއެވެ. އެގޮތުން ގިނަ ބޭފުޅުންނަށް އެނގިލައްވާނެ އެކައްޗަކީ އެލް.އީ.ޑީ ލައިޓުގެ ވާހަކައެވެ. ފްލޮރަސެންޓް ލައިޓަށްވުރެ އެލް.އީ.ޑީ. ލައިޓު ބޭނުންކުރުމުން އެއްވަރެއްގެ އަލި އުފައްދަން ކަރަންޓު ބޭނުންކުރާ މިންވަރު އެތައް ގުނައެއް ކުޑަވެއެވެ.

އެލް.އީ.ޑީ. ލައިޓް ހަރުކޮށްފައި ހުރި ކޮޓަރިއެއް 

ހަމައެގޮތަށް އިންވާރޓާ ޓެކްނޮލޮޖީއަކީ ފިކްސްޑް ސްޕީޑް އޭސީއާއި އަޅާކިޔާއިރު ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކޮށްދޭ ޓެކްނޮލޮޖީއެކެވެ. ފިކްސްޑް ސްޕީޑް އޭސީގައި ކޮމްޕްރެސަރ މޯޓަރުގެ ސްޕީޑް ބަދަލެއް ނުކުރެވެއެވެ. އެހެންކަމުން އޭސީއިން ފިނިކުރަން ބޭނުންވާ ވަރަށް ކޮޓަރި ފިނިވުމުން ކޮމްޕްރެސަރ މޯޓަރު ނިއްވާލަނީއެވެ. އަދި ކޮޓަރީގެ ފިނިމިން ބޭނުންވާ ވަރަށްވުރެ މަތިވުމުން އަލުން ކޮމްޕްރެސަރ މޯޓަރު ޖައްސަނީއެވެ. މިގޮތަށް އިރުއިރުކޮޅުން ޖައްސާ ނިއްވާ ހެދުމުގެ ސަބަބުން އިތުރަށް ކަރަންޓު ބޭނުންވެއެވެ. އޭގެ ބަދަލުގައި އިންވަރޓަރަ އޭސީގައި ކޮމްޕްރެސަރ މޯޓަރުގެ ސްޕީޑް ބަދަލުކުރެވެއެވެ. އެހެންކަމުން ނިއްވާ ޖައްސަން ކަރަންޓު ހޭދަކުރަން ނުޖެހި ކަރަންޓު ސަލާމަތްކުރެވެއެވެ.

ކަރަންޓު ސާމާނުން ހަކަތަ ބޭނުންކުރާ މިންވަރު އަމިއްލައަށް އަޅާކިޔޭނެ ގޮތެއް

ކަރަންޓު ބޭނުންކުރާ ސާމާނުގެ އެފިޝަންސީ ހުންނަ މިންވަރު އަޅާކިޔުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި އެޤައުމަކަށް ހާއްސަ މިންގަނޑުތައް ކަނޑައަޅާފައި ހުރެއެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާ މިންގަނޑު ކަނޑައަޅާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ފަށާފައިވާ ހަކަތަރި ޕްރޮގްރާމްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިހާރު ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވަނީ އޭސީ، އައިސްއަލަމާރި، އަދި ދޮންނަ މެޝިނެވެ. ހަކަތަރި ލޭބަލްގައި އެއްތަރިން ފެށިގެން ފަސްތަރި ފެންނަން ހުރެއެވެ. އެންމެ އެފިޝަންޓް، މަދުން ހަކަތަ ބޭނުންކުރާ ސާމާނަށް ދެނީ ފަސްތަރިއެވެ.

ހަކަތަރި ލޭބަލްގައި ހަކަތައިގެ އެފިޝަންސީ އަންގައިދޭ ތަރީގެ އިތުރުންވެސް މުހިންމު މައުލޫމާތުތައް އެނގެން ހުރެއެވެ. އެގޮތުން އަހަރަކަށް ކަރަންޓު އެވްރެޖްކޮށް ބޭނުންކުރާނެ މިންވަރާއި، ދޮންނަ ކޮންމެ ފަހަރަކު ކަރަންޓާއި ފެން ބޭނުންކުރާނެ މިންވަރުގެ އިތުރުން އެންމެ ދަށް ރޭޓިންގެ ސާމާނަކާ އަޅާކިޔާއިރު ހަކަތަ ސަލާމަތްކުރެވޭނެ ޕަސެންޓޭޖްވެސް އެނގެން ހުރެއެވެ. އެހެންކަމުން ކަރަންޓު ބޭނުންކުރާ ސާމާނު ގަންނައިރު ހަކަތަރި ލޭބަލުގައިވާ މައުލޫމާތުތަކަށް ސަމާލުކަންދިނުން މުހިންމެވެ.

ހަކަތަރި ޕްރޮގްރާމްގެ މައުލޫމާތު: https://www.environment.gov.mv/v2/en/hakathari-program

ގޭތެރޭގައި ތަކެތި އަތުރާ ގޮތުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ތަފާތުވާ ގޮތް

ގޭތެރޭގައި ސާމާނު އަތުރާފައި ބަހައްޓާ ގޮތުގެ ސަބަބުންވެސް ކަރަންޓު ބޭނުންކުރާ މިންވަރު ތަފާތުވާ ހާލަތްތައް އާދެއެވެ. އެގޮތުން އެއް މިސާލަކީ އައިސްއަލަމާރިއާއި ފާރާއި ދެމެދު ހުސް ޖާގަ ބަހައްޓާ މިންވަރެވެ. އައިސްއަލަމާރީގެ އެތެރޭގައި ހުންނަ ހޫނު ބޭރުކުރަނީ އައިސްއަލަމާރީގެ ބިތުންނެވެ. އެހެންކަމުން އައިސްއަލަމާރިއާ ފާރައި ދެމެދު އެއްވެސް ހުސް ޖާގައެއް ނެތި ފިތިފައި އިންނަނަމަ އައިސްއަލަމާރިއަށް މާބޮޑަށް ހޫނުވެއެވެ. އަދި އައިސްއަލަމާރިން ދަށްކުރަންޖެހޭ ފިނިމިން ގެނައުމަށް އިތުރަށް މަސައްކަތްކުރަން ޖެހި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެއެވެ.

މީގެ އެހެން މިސާލަކީ އޭސީގެ ވައި ބެދޭގޮތަށް އޭސީގެ ތިރީގައި ފޮތް ކަބަޑު ނުވަތަ ހެދުން އަލަމާރިފަދަ ތަކެތި ބަހައްޓާފައި ހުރުމެވެ. މިގޮތަށް ބަހައްޓާފައި ހުރުމުން ކޮޓަރި ތެރެއަށް އޭސީގެ ވައި ދައުރުވުން ދަތިވެ، ފިނިހޫނުމިން ދަށްކުރަން އޭސީއަށް ކުރާ ލޯޑު ބޮޑުވެއެވެ.

އަދިވެސް އެހެން މިސާލެކެވެ. އޭސީގެ އައުޓްޑޯ ޔުނިޓު، ދުވާލުގެ އެކި ވަގުތުތަކުގައި އަވި އަރާގޮތަށް ބައެއް ގޭގޭގައި ހަރުކޮށްފައި ހުރެއެވެ. އޭސީގެ އައުޓްޑޯ ޔުނިޓަކީ ކޮޓަރިތެރޭ ހުންނަ ހޫނުވައި ބޭރުކުރަން ހުންނަ ޔުނިޓަށްވީއިރު، ކުރިން ދެންނެވި އައިސްއަލަމާރީގެ މިސާލު ފަދައިން ފިނިމިން ދަށްކުރުމަށް އިތުރަށް އޭސީއަށް މަސައްކަތްކުރަން ޖެހެއެވެ.

ގެދޮރު ފަރުމާކުރާ ގޮތުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ތަފާތުވާ ގޮތް

ގޯތި ގެދޮރު ފަރުމާ ކުރުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކުރުމަށް ކުރެވޭނެ އެތައް ބައިވަރު ކަންތައްތަކެއް ހުރެއެވެ. އެހުރިހާ ކަންކަމެއް މިލިޔުމުގައި ގެނެސް ނުދެވުނު ނަމަވެސް ފަސޭހައިން ކުރެވޭނެ ދެތިން ކަމެއް ހިމަނާލާނަމެވެ.

ރާއްޖެއަކީ ހޫނު ޤައުމަކަށްވާއިރު، ގެދޮރު ފަރުމާކުރުމުގައި އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ ވީހާވެސް ހޫނު އެތެރެއަށް ނުވަންނާނެހެން ގޭގެ ފަރުމާކުރުމެވެ. އެގޮތުން ފާރުތަކުގައި އަލި ކުލަތައް ލުމަކީ ހޫނު ވަންނަ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ގޭގެ ޓެރަހާއި ދޮރުމަތި ފަދަ ތަންތަން ގާއަޅާ ހުހަށް ބޭއްވުމުގެ ބަދަލުގައި ވިނަ ކަހަލަ އެއްޗެއް ބޭނުންކުރުމުން ހޫނު ހިފަހައްޓާ މިންވަރު ދަށްވާނެއެވެ. ހަމަ އެގޮތަށް ކުޑަދޮރުތަކުގައި ދަމާފައި ހުންނަ ފޮއްޗަކީވެސް ހޫނު ވަންނަ މިންވަރު ދަށްކޮއްދޭ އަލި ކުލައެއްގެ އެއްޗަކަށް ހެދިދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ގޭގެ އެތެރެއަށް ވަންނަ ހޫނުމިން ދަށްކޮށްދޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އޭސީއާއި އައިސްއަލަމާރިފަދަ ފިނިކުރުމަށް ބޭނުންކުރާ ސާމާނަށް ލޯޑު ކުޑަވެ، ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރެވޭނެއެވެ.

ހަކަތަ އިސްރާފުވުން ކުޑަކުރުން

ކާބޯތަކެއްޗާ ފެނެކޭ އެއްފަދައިން ކަރަންޓަކީވެސް މިއަދުގެ ދުނިޔޭގައި ޒަރޫރީ ބޭނުމަކަށްވަނީ ވެފައެވެ. ފެނާއި ކާބޯތަކެތި އިސްރާފުވުން ކުޑަކުރުމަށް މަސައްކަތްކުރާ ފަދައިން ހަކަތަ އިސްރާފުވުން ކުޑަކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އައު ޓެކްނޮލޮޖީތައް ތަޢާރަފުކޮށްގެންނާއި، އިމާރާތްތައް ފަރުމާކުރުމުގައި ގެންނަ ބަދަލުތަކާއި، އައު ޖީލުތައް ހޭލުންތެރިކޮށްގެންނާއި މިފަދަ އެކި ގޮތްގޮތުން ހަކަތަ އިސްރާފުވުން ކުޑަކުރުމަށް މަސައްކަތްތައް ކުރެއެވެ. އަދި މިކަން ހާސިލުކުރަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫނާރާނެ ގޮތަށެވެ.

ކޮޓަރި ފިނިކުރުމާއި، ކާބޯތަކެތި ފިނިކުރުމާއި، މެޝިނުން އެއްޗެހި ދޮވުންފަދަ ކަންކަމަކީ ނުކޮށް ނުވާނެ ކަންކަމެވެ. އެހެންނަމަވެސްއަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު ތަރައްޤީކޮށް މަސައްކަތްކޮށްފިނަމަ ޒަރޫރީ ހުރިހާ ބޭނުމެއް ފުއްދުމާއެކުވެސް ހަކަތަ އިސްރާފުވާ މިންވަރު ދަށްކުރުމަކީ ދާދި ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
20 Sep 2026 ލައިފްސްޓައިލް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކު...

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ
13 Sep 2026 ދުނިޔެ

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ

ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއ...

އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި މޭނުބައިކޮށް، ބޯއަނބުރާ މައްސަލައަށް އޮތް ހައްލެއް؟
07 Aug 2026 ލައިފްސްޓައިލް

އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި މޭނުބައިކޮށް، ބޯއަނބުރާ މައްސަލައަށް އޮތް ހައްލެއް؟

ނިއުޔޯކް ސިޓީގެ ކާރޫބާރޫ ބޮޑު ސަބްވޭތަކުން ދަތުރުކުރާ މީހުންނަށް، ގިނަ ބައެއްގެ ފޯނުތަކުން ފާހަގަަކުރެވޭ އާދަޔާޚިލާފު ކަމެއް އޮންނަ ކަމަށްވެއެވެ. އެއީ ފޯނުގެ ސްކްރީނުގެ އަރިމަތީގައި "ނަށަމުންދާ" ކުދިކ...

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
07 Aug 2026 ދުނިޔެ

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފ...

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
27 Jul 2026 ލައިފްސްޓައިލް

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ ސްކްރީންތަކުގެ ކުރިމަތީގައެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ކަންބޮޑުވަނީ ފޯނާއި ކޮމްޕިއުޓަރުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކ...

ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟
26 Jul 2026 ލައިފްސްޓައިލް

ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟

ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް، އެކުގައި އުޅޭ އެހެން މީހުން ދޫކޮށްލުމަށްފަހު ވަކި މީހެއްގެ ގައިގައި މާ ގިނައިން މަދިރި ހަފާ މައްސަލައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އ...