އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައިފި، ބޮޑު ހަމަނުޖެހުމެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ކުރިއަށްދާ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައިފި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.
ވޯޓްފޮށި ފަޅާލުމަށް ފަހު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ވޯޓް ފޮށި ބަޔަކު ވަނީ ގެންގޮސްފަ އެވެ. ވޯޓް ފޮށި ފަޅާލީ ވޯޓްލާ މަރުކަަޒުގައި ހުންނަން ބޭނުންވި މީހަކަށް އެތަނުގައި ނުހުރެވޭނެ ކަން އެންގުމުންނެވެ.
އޭނާއަށް އެ ފުރުސަތު ނުލިބުނީ ފާސް ނެތުމުންނެވެ. ނަމަވެސް އޭނާ ވަނީ އޭނާއަކީ މޮނިޓަރެއް ކަމަށް ބުނެ އަޑުގަދަކޮށް ވޯޓްފޮށި ގެންދަން މަސައްކަތް ކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް