ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު  : ފޮޓޯ/ މަޖިލިސް
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު : ފޮޓޯ/ މަޖިލިސް
ހަބަރު 15 Aug 2024 | 06:33

ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވަނީ ރަނގަޅު އިސްލާހު ތަކެއް: މައުރޫފް

ސަރުކާރުގެ ފަރާތުން، ފަތުރުވެރިކަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވަނީ ރަނގަޅު އިސްލާހުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ޒާކިރު ވިދާޅުވީ، މިހާތަނަށް ފަތުރުވެރިކަމުގެ ފައިދާ ކޮށްފައިވަނީ ޓޫރިސްޓް ރިސޯޓްތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ކަމަށެވެ.

އެހެން ނަމަވެސް، ފަތުރުވެރިކަމަކީ ދިވެހިންނަށްޓަކައި ހިންގޭ ފަތުރުވެރިކަމަކަށް ބަދަލު ކުރަންޖެހޭ ކަމަށާ، ފަތުރުވެރިކަމުގެ ހަގީގީ މަންފާ އެންމެހާ ދިވެހިންނަށް ލިބިގެންދާނީ އޭރުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

50 އަހަރު އިންޑަސްޓްރީއަށްޓަކައި ހިންގުނު ޓޫރިޒަމެއް، ކުރިއަށް އޮތް 50 އަހަރު އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްޓަކައި ހިންގޭ ޓޫރިޒަމަކަށް ބަދަލުކޮށްލީމާ ޓޫރިޒަމުގެ ހަގީގީ މަންފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ. (އެހެންކަމުން) މިއަދު މި ގެނެވުނު އިސްލަހަކީ ރަނގަޅު އިސްލާހެއް ކަމަށް އަޅުގަނޑު ދެކެން.

މައުރޫފް ޒާކިރު

މިއާއެކު މައުރޫފް ވިދާޅުވީ، ޓޫރިޒަމަށް އިންވެސްޓްކުރާ ފަރާތުން 15 އަހަރުގެ ތެރޭގައި 10-12 ރިސޯޓް އޮޕަރޭޓް ކުރަމުންދާއިރު، އެ މުއްދަތުގެ ތެރޭގައި އެ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފަށް “ތިން ކޮޓަރީގެ ގެއެއްވެސް ނޭޅޭ” ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު : ފޮޓޯ/ މަޖިލިސް

މީގެ އިތުރުން މައުރޫފްވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ދަށްވަމުންދާތީ ކަމްބޮޑުވުންފާޅުކުރައްވައި، އެ ދާއުރާގެ ރަނގަޅު ވަޒީފާތަކަކީ ދިވެހިންނަށް ޚާއްސަ ވަޒީފާތަކަށް ހަދައި ދިވެހިންނަށް ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ، ސާވިސްޗާޖުން ވައްކަންކުރާ، ރިސޯޓްތަކާއި މުސާރަނުދީ އެތަކެއް ދުވަސްވަންދެން މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ ރިސޯޓްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި މުވައްޒަފުންނަށް އެކަށީގެންވާ މަންފާ ޓޫރިސްޓް ލިބެންއެބަޖެހޭ

މައުރޫފް ޒާކިރު

މީގެ އޮތުރުން މައުރޫފް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމުން ނެގޭ ޓެކްސްތައް މުރާޖާ ކުރަންޖެހޭ ކަމަށާ، “ޕްރޮގްރެސިވް ޓެކްސްއަކާއި ދިމާއަށް” ދާންޖެހޭ ކަމަށެވެ. ޚާއްސަކޮށް އިންކަމް ޓެކްސް އަކީ ޕްރޮގްރެސިވްކޮށް ނެގޭ ރަނގަޅު ޓެކްސް އަކަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.