N/A
N/A
ހަބަރު 01 Dec 2018 | 04:46

ތަދާއި ވޭނެއް އެކަކުވެސް ނެދޭނެ!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އަޅުގަނޑުމެން އެންމެން ދިރިއުޅެމުންގެންދާ ދުނިޔެއަކީ، ހަގީގަތުގައި ވަގުތީ ފާލަމެކެވެ. ކޮންމެ މީހަކުވެސް، އުފާވެރިކަމާއި އަމާންކަމާއި އެކު އެވަގުތީ ފާލަމުގައި ވަގުތުތައް ހޭދަކޮށް، ދާން އޮތް މަންޒިލަށް ދިއުމަށް ބޭނުންވާނެއެވެ. މި ވަގުތީ ފާލަމުގައި ގިނައިރު ހުރެލުމަށް ކޮންމެ މީހެއްގެ ހިތްވެސް އެދޭނެއެވެ. އެހެނަސް ބައެއްފަހަރު، އެހެންމީހުންގެ ކުށުން ތިމާާ އެފާލަމުގައި އަމާންކަންމަތީ ގިނަ އިރު ހުރެލުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ.

އިންސާނީ ހަޟާރަތު ކުރިއަރައިގޮސް، އެތަކެއް ތަރައްގީއާއި ތަމައްދުން ހޯދިއިރު، ބައެއް ކަންކަމަކީ އަދިވެސް އިންސާނުން އެކަންކަމަށް އެކަށޭނަ ހައްލު ހޯދިފައިނުވާ ކަންކަމެވެ. މީގެ ތެރެއިން ޚާއްސަކޮށް ބަލިތައް ފާހަގަކޮށްލެވެއެވެ. އެގޮތުން އެއިޑްސް ބައްޔަކީ އިންސާނުން އެޔާއި ވަރުގަދަ ހަނގުރާމައެއް ކުރަން ޖެހިފައިވާ، ނަމަވެސް ބަލިކުރާނެ ގޮތެއް ހޯދިފައިނުވާ ނުރައްކާތެރި ބައްޔެކެވެ.

އެކުއަރޑް އިމިއުން ޑިފިޝަންސީ ސިންޑްރޯމް ނުވަތަ އެއިޑްސް އަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދާނެއެވެ.

އެއިޑްސް ބައްޔަކީ ނުރައްކާތެރި އަދި ވޭންދެނިވި ބައްޔެއްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެހެނަސް އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުގައި މި ބަލިއާއި ގުޅުވައިގެން ދެކެވޭ ބައެއް ވާހަކަތަކަކީ ހައިރާން ކުރުވަނިވި ވާހަކަތަކެވެ. މި ބަލި ޖެހެނީ ހަމައެކަނި ޖެހެނީ އަހުލާގީ ގޮތުން ދަށްފެންވަރުގެ މީހުންނަށް އެކަނި ކަމަށްބުނެ، ގޯސްކަމުގެ ނަޒަރުން ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ބަލައެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ، މި ބަލިހުރިކަން ޝައްކުވާއިރުވެސް ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު މަދުވުމެވެ.

ހަގީގަތަކީ ބައެއް ފަހަރު، ތިމާގެ ކުށަކާއި ނުލާވެސް ބައެއް އިންސާނުންނަށް މިބަލި ޖެހޭގޮތް މެދުވެރިވުމެވެ. އެއީ ބަލިހުރި އެހެންމީހެއްގެ ލޭ، ދައު، ކުޅު ނުވަތަ މަނީގެ ޒަރިއްޔާއިންނެވެ. އެފަދަ ގޮތަކަށް ބަލި ވާސިލްވާ ފަރާތްތަކަށް އެބަލި މެދުވެރިވެދާނެކަން ނޭނގިހުއްޓާ އެ ބަލި ޖެހުނަސް، މުޖުތަމައުގެ މޮޅެތި ނަޒަރުތަކުން އެމީހުންނާއި ދިމާލަށް ބަލަނީ ވަރަށް އަގަލުކުޑަ ބައެއްގެ ގޮތުގައެވެ. މިފަަދަ ސަބަބުތަކާއި ހުރެ، ބަލީގެ ޝިކާރައަކަށްވެ މުޖުތަމައު ތެރެއަށް ގެއްލި ގޮސްފައިވާ މީހުންވެސް ވަކި މަދެއް ނޫނެވެ.

ހަގީގަތަށް ދަންނަވަނީނަމަ މި ބަލި މަދުކޮށް، ބަލީގެ ހޭލުންތެރިކަން އިތުރުކުރަން ވިސްނަނީމަ، އެކަން ފަށަންވީ މުޖުތަމައުއިން މި ބައްޔާއި މެދު ދެކޭ ގޮތް ބަދަލުކޮށްގެންނެވެ. މިސާލަކަށް މި ބައްޔަކީ

ހަމައެކަނި ތިމާ ކުރާ އަމަލުތަކުން ޖެހޭ ބައްޔެއްގެ ގޮތުގައި ނުދެކި، އެހެން މީހެއްގެ ކުށުންވެސް ޖެހިދާނެ ބައްޔެއްގެ ގޮތުގައި ދެކެން ފަށަންވެއްޖެއެވެ. ތިމާގެކުށް އޮވެ މި ބަލި ޖެހުނަސް، އެއީ އުމުރުގެ ބާކީބަޔަށް ތިމާ މުޖުތަމައުއިން ބާކިވެދާ ކަމަކަށް ހެދުމުގެ ވިސްނުން ހުއްޓާލަން ވެއްޖެއެވެ.

އެއިޑްސް ބައްޔަކީ ހަށިގަނޑަށް އިންތިހާއަށް ނުރައްކާތެރި ބައްޔެކެވެ. މިބަލީގައި މަރުވެފައިވާ މީހުން ހުދު އަަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އެބަތިއްބެވެ. މި ބައްޔަކީ އެއްކޮށް ފަރުވާ ނުކުރެވުނަސް، ބަލީގެ ނިޝާންތައް ފެނިއްޖެނަމަ އެ ނިޝާންތަކަށް ފަރުވާ ދެވިދާނެފަދަ ބައްޔެކެވެ. އެއިޑްސް ޖެހިފައިވާ މީހުންނަކީވެސް ހަމަ ދިރިހުރުމުގެ ހައްގު ތިބި މީހުންނެވެ.ކުރެވުނު ކުށެއް، ނުވަތަ ނުކުރާ ކުށެއްގެ މައްޗަށްވެސް މިބަލި ހަގީގަތުގައި ފެތުރިދާނެއެވެ. މިއީ އެބަލީގެ ފަރާތްތައް މުޖުތަމައުން ނެރެ ބާާކީކޮށްލުމުގެ ކުރިން ވިސްނާލަންވީ ކަންކަމެވެ. ތަދާ ވޭނުގައި ރޮއެ މަރުވާން އެދޭނީ ކާކުހެއްޔެވެ؟ އަޅާލުން ލިބޭނަމަ އެކަން ބަލައިނުގަންނާނީ ކާކުހެއްޔެވެ؟

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...