އާބާދީ 60 އަށް ކުރީގެ ދެ ރައީސުން ތިނަދޫ ސިޓީއަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގދ. ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އާއި މުޙައްމަދު ނަޝީދު އެ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާ އޮތީ މި މަހުގެ 22 ވަނަ ދުވަހުގެ ރެ އެވެ.
އެ ސިޓީގެ ކައުންސިލުން ބުނީ އެ ޖަލްސާއަށް ރައީސް ޔާމީނާއި ރައީސް ނަޝީދަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ރައީސުން ވެސް މި މަހުގެ 21 ވަނަ ދުވަހު އެ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާބާދީ 60 ނަމުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީނާއި ރައީސް ނަޝީދުވެސް ވާހަކަފުޅު ދައްކަވާނެ އެވެ.
ރައީސް ޔާމީންގެ ޕީއެންއެފުން ބުނީ ތިނަދޫ ސިޓީއަށް ފަހު ރައީސް ޔާމީން ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް