އާރުޑީސީއިން އދ. މާމިގިލީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑުބައި ނިންމާލައިފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އދ. މާމިގިލީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެެވެ.
އާރުޑީސީއިން އަންނަނީ އދ. މާމިގިލީގެ ހުރިހާ ބޮޑެތި މަގުތަކެއްގައި ތާރުއެޅުމުގެ މަސައްކަތްކުރަމުންނެވެ.
އެގޮތުން 4.89 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ. އާރުޑީސީން މާމިގިލީ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށް ދަނީ އެރަށު ރަށްދެބައި މަގުގެ ދުވާރުގެ މަސައްކަތާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތްކުރުމުގެ އިތުރުން ގެވެހި މަގުގައި ޕަންޕު ސްޓޭޝަންގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
https://x.com/rdcmaldives
މާމިގިލީ މަގުހެދުމުގެ މަސައްކަތް ފަށާފައިފާވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެގޮތުން އެރަށު 6 މަގެއްގައި ތާރުއެޅުމުގެ މަސައްކަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް