ަ
ަ
ވިޔަފާރި 03 Jan 2024 | 15:03

އެމްއައިބީން މިހާރު އޮންލައިންކޮށް އެކައުންޓުން ހުޅުވައި، ކާޑުވެސް އެކްޓިވޭޓް ކޮށްލެވޭނެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މޯލްޑިވްސް އިސްލާމިކް ބޭންކުން މިހާރު އޮންލައިންކޮށް ކާޑު އެކްޓިވޭޓް ކޮށްލެވޭނެ އިންތިޒާމް އެ ބޭންކުން ހަމަޖައްސައިފިއެވެ.

އެމްއައިބީން ބުނީ، އެ ބޭންކުގެ ކޮންމެ ބްރާންޗެއް ގަޔާއި ސޭލްސް ސެންޓަރެއްގައިވެސް ވަގުތުން ލިބެން ހުންނަ އިންސްޓެންޓް ކާޑް ކިޓުގައި އޮންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލައިގެން ކާޑް އެމީހެއްގެ އެކައުންޓަށް ފަސޭހަކަމާއިއެކު ލިންކް ކޮށްލެވޭނެ ކަމަށެވެ.

އަދި މި އިންސްޓެންޓް ކާޑް ކިޓް ބޭނުންކޮއްގެން އެކައުންޓެއް ނެތް ފަރާތްތަކަށްވެސް އެކައުންޓެއް ހުޅުވައި ކާޑުގެ ޚިދުމަތް ވަގުތުން ހޯދޭނެ ކަމަށް އެ ބޭންކުން މަޢުލޫމާތު ދެއެވެ.

މިއާއެކު ކަސްޓަމަރުންނަށް ކިއުގައި ނުޖެހި އެކައުންޓް ހުޅުވުމުގެ އެންމެހައި ކަމެއް ލުއިފަސޭހަކޮށް ވަގުތުން ލިބިގެންދާނެކަން އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

އެމްއައިބީއިން ދަނީ ބޭންކިންގ ޚިދުމަތްތައް ޑިޖިޓަލްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އަވަސް ޚިދުމަތްތަކެއް ދޭން މަސަތްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އޮންލައިންކޮށް އެކައުންޓް ހުޅުވުމަށް އެޕްލައިނައު ޕޯޓަލްއާއި އުޖާލާ ފައިނޭންސިންގގެ ޚިދުމަތްތަކަށް އުޖާލާނައު ޕޯޓަލްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއައިބީގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލެއް، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ
23 Jun 2026 ހަބަރު

އެމްއައިބީގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލެއް، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލު ގެނެސް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ ގޮތް ހަދަން ނިންމައިފި އެވެ. އެމްއައިބީން މިރޭ އާންމު...

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
06 May 2026 ހަބަރު

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ

ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެމ...

ކަސްޓަމަރުންނަށްދޭ ހިދުމަތް ފަސޭހަކުރުމަށް, ޑިއެންއާރާ އެމްއައިބީން އެއްބަސްވުމެއް
14 Jan 2026 ހަބަރު

ކަސްޓަމަރުންނަށްދޭ ހިދުމަތް ފަސޭހަކުރުމަށް, ޑިއެންއާރާ އެމްއައިބީން އެއްބަސްވުމެއް

ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ. ދެފަރާތުގެ ދެމެދ...

މާލޭގައި އިތުރު ހަތަރު، ބަސް ސްޓޮޕް އިމާރާތްތަކެއް، އޭޓީއެމް ހުންނާނެ
18 Nov 2025 ހަބަރު

މާލޭގައި އިތުރު ހަތަރު، ބަސް ސްޓޮޕް އިމާރާތްތަކެއް، އޭޓީއެމް ހުންނާނެ

މާލޭގައި އޭޓީއެމްގެ ހިދުމަތް ލިބޭ ގޮތަށް ބަސް ސޮޓޮޕް އިމާރާތްތަކެއް ތަރައްގީ ކުރުމަށް، މާލެ ސީޓީ ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ...

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު، އެމްއައިބީއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ
28 Jul 2025 ހަބަރު

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު، އެމްއައިބީއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ ޢަބްދުﷲ މައުމޫނުގެ މައްޗަށް މޯލްޑިވްސް އިސްލާމިކް ބޭންކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ. ސިވިލްކޯޓުން މާނުގެ މައްޗަށް މި ހުކުމް ކ...

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް
06 May 2025 ހަބަރު

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް

ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުޕަ އެޕެއް ކަމަށްވާ އީޒެޕުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާ ކާޑު މެދުވެރިކޮށް ކުރެވޭގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއ...