އަނަންތު އާއި މެސީ
އަނަންތު އާއި މެސީ
ދުނިޔެ 16 Dec 2025 | 03:00

އަނަންތު އަމްބާނީގެ ދަޢުވަތެއް މެސީއަށް؛ އިންޑިޔާ ދަތުރު ދިގު ކޮށްފި

އިންޑިޔާގެ ބިލިޔަނަރު، މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީގެ ދަޢުވަތަކާއެކު، ދުނިޔޭގެ ފުޓްބޯޅަ ތަރި އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އޭނާގެ އިންޑިޔާ ދަތުރު ދިގުކޮށްފިއެވެ.

މެސީ އިންޑިޔާއަށް ދިޔައީ "ގޯޓް ޓުއަރ"ގެ ނަމުގައި އެ ގައުމުގެ ހަތަރު ސިޓީއެއްގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން އޭނާގެ އެ ދަތުރުގައި ކޮލްކަތާ، ހައިދްރަބާދު އަދި މުމްބައިއަށް ދަތުރުކޮށްފައިވާއިރު، ދަތުރު ނިންމާލަން ހަމަޖެހިފައި އޮތީ ވެރިކަން ކުރާ ސިޓީ، ނިޔު ދިއްލީއިން ނެވެ.

މެސީއާއި ގޯޓް ޓުއާ ގެ ބައިވެރިން

ނަމަވެސް އަނަންތުގެ ދަޢުވަތާއެކު، އިއްޔެ ނިންމާލަން އޮތް އެ ދަތުރު ދިގުކޮށް، މެސީއާއި އޭނާއާއި އެކު ދަތުރުގައި ބައިވެރިވި އުރުގުއޭގެ ފުޓްބޯޅަ ތަރި ލުއިސް ސުއަރޭޒްގެ އިތުރުން އެހެން ކުޅުންތެރިން މިހާރު ތިބީ ޖާމްނަގަރުގައެވެ. އެތަނަށް އެ ކުޅުންތެރިން ދިޔައީ ޖަނަވާރު ސަލާމަތްކުރުމާ އެތަކެތި ރިހެބިލިޓޭޓްކުރުމަށް ހިންގާ ބޮޑު ފެސިލިޓީއެއް ކަމަށްވާ ވެންޓާރާއަށް ޒިޔާރަތްކުރުމަށެވެ.

އިންޑިޔާގެ ނިއުސް އެޖެންސީ އޭ.އެން.އައި. (ANI) އިން ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، މެސީ އާއި އޭނާގެ އެކުވެރިން ޖާމްނަގަރަށް ދަތުރުކޮށްފައިވަނީ ބޮޑު ސެކިއުރިޓީއަކާއެކުއެވެ.

އަދި އެމީހުން މިރޭ ވެންޓާރާއަށް ޒިޔާރަތް ކުރާއިރު، މަރުހަބާ ކިޔުމާ، އެ ޒިޔާރަތުގެ ކަންކަން ބަލަހައްޓާނީ އަނަންތު ކަމަށް ވެސް އޭ.އެން.އައި. ގައި ރިޕޯޓް ކޮށްފައިވެއެވެ.

މެސީގެ އިންޑިޔާ ދަތުރު ދިގުކޮށްފައިވާރު، އެ ދަތުރު ފެށިގެން އައީ ބޮޑު ހަމަނުޖެހުމަކުންނެވެ.

އެގޮތުން ދަތުރުގެ ފުރަތަމަ މަންޒިލް، ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި އޮތް އެކުވެރިކަމުގެ މެޗެއް ބަލާލުމަށް ދާން ހަމަޖެހިފައި އޮތް ނަމަވެސް، މެޗު ފެށުމުގެ 30 އަށް ވުރެ މިނެޓު ކުރިން މެސީ އެ ސޮޓޭޑިއަމްއަށް ގޮސް ގާތްގަނޑަކަށް 10 މިނެޓްވެފައި ސަލާމަތީ ސަބަބުތަކަށްޓަކައި މެސީ ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ.

އެފަދައިން ކަން ހިނގައިދިޔައިރު، މެސީ ދެކިލުމަށް ބޮޑު އަގުގައި ޓިކެޓް ނަގައިގެން ގޮސް އެތައް ބަޔަކު ސްޓޭޑިއަމްގައި އޭރު ތިއްބެވެ. އެމީހުންނަށް މެސީ ނުފެނކމެސީ ދަނޑުން ނިކުތުމާއެކު ދަނޑުގައި ތިބި އޭނާގެ ފޭނުންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ދަނޑުތެރެއަށް ފެންފުޅިތަކާއި އަތުޖެހުނު އެއްޗެއް އުކައި މުޅި ސްޓޭޑިއަމް ހަލަބޮލިކޮށްލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.