N/A
N/A
ލައިފްސްޓައިލް 04 Mar 2025 | 07:11

ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ކޮންމެހެންވެސް ހިމަނަންވާނެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހާރު ކެއުމަކީ ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނިގެންވެސް އަމަލުކުރަމުން އައި އިސްލާމީ ރިވެތި އާދައަކަށް ވާއިރު މިފަހަކަށް އައިސް އެ އާދަ އުވިދާތަން އަންނަނީ ފެންނަމުންނެވެ.

ނަމަވެސް ހާރުދަމަށް ވޭހާވެސް ލަސްކޮށްފައި ކެއުމަކީ ސުންނަތުންވެސް ސާބިތުވާ ކަމެކެވެ. ޚާއްސަކޮށް ހާރުދަމުގެ ކެއުމުގައި ކަދުރު ހިމެނުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ފައުދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ސުންނަތެކެވެ.

ކަދުރުގެ އިތުރުންވެސް ހާރުދަމުގެ ކެއުމުގައި ހިމަނަން މުހިންމު އެހެނިހެން ބާވަތްތައް ހުރެއެވެ. އެބާވަތްތަކާއި ގުޅޭ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ގެނެސްދޭ ”ރައްޔާން“ ޕްރޮގްރާމްގެ ތެރެއިން އެތެރެ ހަށީގެ ޑޮކްޓަރ ޑރ. މުހައްމަދު އަލީ ވަނީ ދެއްވާފައެވެ.

އެގޮތުން ހާރުދަމުގެ ކެއުމުގައި ބޭނުންކުރާ ކާބޯހައިޑްރޭޓްސް އަކީ ރަނގަޅު ކާބޯހައިޑްރޭޓްސް ނުވަތަ ގުޑް ކާބޯހައިޑްރޭޓްސް އަށް ހެދުމެވެ. މިސާލަކަށް ބަތުގެ ބަދަލުގައި އޯޓްސް ނުވަތަ ބްރައުން ބްރެޑް ހިމެނުން ހިމެނެއެވެ.

ކާބޯހައިޑްރޭޓްސް އާއި އެކު ޕްރޮޓީންވެސް ހާރުދަމުގެ ކެއުމުގައި ހިމެނުމަށް ޑރ އިރުޝާދު ދެއްވައެވެ. އެގޮތުން ކަނޑުމަސް، ކުކުޅު ނުވަތަ މުގުވެސް ބޭނުން ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން އެއްކޮށްލުމުންވާ ވަރަށް ތަރުކާރީ ޕޯޝަންއެއްވެސް ކެއުމުގައި ބޭނުންކުރުމަށް ޑރ ލަފާދެއްވައެވެ. އެފަދައިން މިންހެޔޮ ކެއުމެއް ކެއުމަށް ތިން ބަޔަށް ބަހާލެވިފައިވާ ތައްޓެއްގައި ކާތަކެތި އަތުރާލުން ފަސޭހަވާނެއެވެ.

ކާ ތަކެތީގެ އިތުރުން، ހާރުދަމަށްވެސް މަދުވެގެން ދެ ތަށި ފެން ބުއިމަކީ ނުހަނު މުހިންމު ކަމެއްކަން ޑރ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެކަން ހަނދާން ބަހައްޓައިގެން ކެއުމަށް ސަމާލުވުމަށް ޑރ ވިދާޅުވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...