ބ.ހިތާދޫގައި ގާއިމްކުރި އޭޓީއެމް ރައީސް ޑރ.މުއިއްޒު ހުޅުވައިދެއްވައިިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބ.ހިތާދޫގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމްކުރި އޭޓީއެމްގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ހިތާދޫގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އޭތީއެމް ހުޅުވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވައި އެ ކާޑު ހިތާދޫ ކައުންސިލަށް ހަދިޔާކުރައްވާފައެވެ.

ބީއެމްއެލުން ބުނީ މުޅި ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ބޭންކުގެ އޭޓީއެމް ބެހެއްޓި 44 ވަނަ ރަށްކަމަށެވެ. ހިތާދޫގައި ގާއިމްކުރި އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނޭަކަމަށް ބީއެމްއެލުން ބުނެއެވެ. މީގެ އިތުރުން ފައިސާ ޓްރާންސްފަރ ކުރުމާއި އިތުރު ހިދުމަތްތައްވެސް އެ އޭޓީއެމުން ލިބޭނެއެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން ބީއެމްއެލުން ވަނީ މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. އެއީ ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން އެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނޭކަމަށް އެ ބޭންކުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް