އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ދަރިވަރުންނަށް ހިތްވަރުދޭ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ. އެ ގޮތުން ކޮންމެ ދަރިވަރަކު ވެސް އަމިއްލަ ނަފުސަށް އިތުބާރުކޮށް އެންމެ ފުރިހަމަ ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެ މަނިކުފާނު ވަނީ އިލްތިމާސް ކޮށްފައެވެ.
ދިވެހިރާއްޖޭގެ ނައިބު ރައީސް ކުރެއްވެވި ޕޯސްޓް
މި އަހަރުގެ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު މިހާރު ފެށިގެން ކުރިއަށް ދާއިރު މި އިމްތިހާނުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 8,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް