ރާއްޖޭއްގެ ޖޫނިއަރ ޤައުމީ ޓީމު
ރާއްޖޭއްގެ ޖޫނިއަރ ޤައުމީ ޓީމު
ކުޅިވަރު 08 Aug 2025 | 09:07

17 އަހަރުން ދަށުގެ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގުރޫޕެއްގައި

2026 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ގުރޫޕް އެފްގައި ވާދަކުރަން ޖެހިއްޖެއެވެ.

މެލޭޝިއާގައި ހުންނަ އޭއެފްސީ ހައުސްގައި ބުރާސްފަތި ދުވަހު ބޭއްވުނު މުބާރާތުގެ ގުރުލުމުގެ ރަސްމިޔާތުގައި ގުރޫޕް އެފްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ތުރުކުމެނިސްތާން، މޮންގޯލިއާ، ކުވެއިތު އަދި ތައިލެންޑެވެ.

ރާއްޖެ ހިމެނޭ ގުރޫޕް އެފްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ތައިލޭންޑްގެ ޗޮންބުރީގައި ނޮވެމްބަރު 22 އިން 30 އަށެވެ. ފުރަތަމަ މެޗުގައި ރާއްޖެ އިން މޮންގޯލިއާއާ ދެކޮޅަށް ނޮވެމްބަރު 22 ނުކުންނައިރު، ދެވަނަ މެޗުގައި ނޮވެންބަރު 24 ނުކުންނާނީ ތުރުކުމެނިސްތާނާއި ދެކޮޅަށެވެ. އަދި ނޮވެމްބަރު 26 ގައި ތައިލޭންޑާ ދެކޮޅަށް ކުޅުމަށްފަހު، ކޮލިފައިންގެ ފަހު މެޗުގައި ނޮވެމްބަރު 28 ގައި ދިވެހި ޓީމު ނުކުންނާނޯ ކުވެއިތާ ދެކޮޅަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު މިއަހަރު ސެޕްޓެމްބަރު 15 އިން 27 އަށް ސްރީލަންކާގެ ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި ބާއްވާ ސާފް މުބާރާތުގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބޫޓާނާއެކު ގުރޫޕް ބީގައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 38 ޓީމު ވަނީ ހަތް ގުރޫޕަކަށް ބަހާލާފައެވެ. މި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު އިންޑިއާ ހިމެނެނީ ގުރޫޕް ޑީގައެވެ. އަދި ނޭޕާލް ގުރޫޕް ޖީގައި އޮތްއިރު، ބަނގްލަދޭޝް އޮތީ ސްރީލަންކާއާއެކު ގުރޫޕް އޭގައެވެ. ބޫޓާން ހިމެނެނީ ގުރޫޕް އީގައެވެ.

މީގެ އިތުރުން، މީގެ ކުރިން ދެ އަހަރުން އެއް އަހަރު ބާއްވަމުން އައި 17 އަހަރުން ދަށުގެ އޭޝިއަން ކަޕް، 2026 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ގޮތަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ ނިންމާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...