ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖަކުން 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލަކުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެއެވެ.
މޯލްޑިވްސް ކަސް ޓަމްސް ސާވިސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިމަހު 15 ވަނަ ދުވަހުއެވެ.
އަދި އަތުލައިގެންފައި ވަނީ 3252 ( ތިން ކިލޯ ދުއިސައްތަ ފަންސާސް ދެ ގުރާމް) ގެ ކެނަބިސް ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް، ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އިތުރަށް ޗެކް ކުރުމުގެ ތެރޭގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް