ލިބޭ އާމްދަނީއާއި އަޅާބަލާއިރު އަސާސީ ހިދުމަތްތައް މަދު: ރައީސް ސޯލިހް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖެއަށް ލިބޭ އާމްދަނީއާއި އަޅާބަލާއިރު، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ އަސާސީ ހިދުމަތްތައް މަދުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކ.ދިއްފުށީގައި ޗަންޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނުން ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމު، އިފްތިތާހުކޮށްދެއްވުމަށް އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ލިބޭ އާމްދަނީއާ އަޅާ ބަލާއިރު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބޭކަން މަދުކަން ފާހަގަކުރެވޭކަމަށާއި، އެއީ އެކަން ވެގެން ވާނެ ގޮތް ނޫންކަމަށެވެ.
އެމަނިިކުފާނުގެ ދައުރުގައި ވެރިކަމުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި 72 ރަށެއްގައި ނަރުދަމާ، އަދި 56 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރަން 102 މިލިޔަން ޑޮލަރު ހިމަނާފައިވާނެކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ދިއްފުށީގައި 61 މިލިއަން ރުފިޔާ ހޭދަކޮށްގެން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނީ ޗަމްޕާ އާއިލާއަށް ނިސްބަތްވާ އަލިފުޅު ތުއްތު ފައުންޑޭޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް