ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް ބަދަލު ކުރުން: ފޮޓޯ/ ވިލާ ކޮލެޖު
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް ބަދަލު ކުރުން: ފޮޓޯ/ ވިލާ ކޮލެޖު
ވިޔަފާރި 10 Sep 2024 | 11:18

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް ބަދަލުކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ވިލާ ކޮލެޖުގައި ވީ އިގްނައިޓް ނަމުގައި ބިޒްނަސް އިންކިއުބޭޝަން ސެންޓަރ އެއް ހުޅުވައި، އެކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ނަމަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ.

މިކަމަށް ޓަކައި މިއަދު އެ ކޮލެޖުގައި ބޭއްވުނު ޙާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް މުޙައްމަދު ސަޢީދު އެވެ. މި ޙަފްލާގައި އެމަނިކުފާނުގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިންނާއި އަދި ވިޔަފާރީގެ ދާއިރާއިން އެކި އެކި ސިނާޢަތްތައް ރަމްޒުކޮށްދޭ ގިނަ ފަރާތްތައް ބައިވެރިވިއެވެ.

މި ޙަފްލާ ތަޢާރަފްކޮށްދެއްވުމުގެ ގޮތުން ޤާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގ ޑީން އަބްދުالله ނާފިޒް ވިދާޅުވީ މިއީ ހަމައެކަނި ނަމަށް އައި ބަދަލެއް ނޫން ކަމާއި، މިއީ އުންމީދީ ތަސައްވުރަކާއި އެކު ގެނެވުނު މުހިއްމު ބަދަލެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އަމާޒަކީ މި ސްކޫލަކީ ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސްކޫލަކަށް ހެއްދެވުން ކަމަށް ވިދާޅުވެ، މުސްތަޤުބަލް ބައްޓަންކުރެވިގެންދާނޭ ގޮތާއި ބެހޭ ކުރު ތަސައްވުރެއް ދެއްވިއެވެ.

ނާފިޒްގެ ވާހަކަފުޅަށްފަހު އެކަމަށްޓަކައި ޚާއްސަ ކުރެއްވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކުން ފެކްލަޓީ ރީބްރޭންޑްކޮށްދެއްވީ، މިނިސްޓަރ މުޙައްމަދު ސައީދު އެވެ.

އެއަށްފަހު އެފެކަލްޓީގެ ދަށުން އަލަށް އުފެދުނު ސެންޓަރ އެއްކަމަށްވާ ސެންޓަރ ފޮރ އިނޮވޭޝަން އެންޓަރޕްރައިޒް ޑިވެލޮޕްމަންޓާއި ބެހޭގޮތުން އެސެންޓަރގެ ޑިރެކްޓަރ އަދި ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑެޕިއުޓީން ޑީން ޑރ. ޑަމިތް ގެންގޮޑަވިލެޖް ވާހަކަ ދެއްކަވާފައި ވެއެވެ.

ޑރ. ޑަމިތް ވިދާޅުވީ ވީއިގްނައިޓް ބިޒްނަސް އިންކިއުބޭޝަން ސެންޓަރ ވެގެންދާނީ އެކި ފަންނުގެ ތަޖްރިބާކާރުން، އެޑްވައިޒަރުންނާއި މެންޓަރުންގެ ގޮތުގައި ހިދުމަތްދޭ، މަގުފަހިކޮށްދޭ މަރުކަޒެއްކަމުގައިއެވެ.

"މަހެއްހާ ދުވަހުގެ ތެރޭގައި މި އިންކިއުބޭޓަރާއި ކޯ-ވޯކިން ސްޕޭސް ވުޖޫދަށްގެނައުމަށް ޕާޓްނަރުން ދެއްވާ އެއްބާރުލުމާއި ހިތްވަރު ފާހަގަކޮށް ޝުކުރުދަންނަވަން. މިއީ މިކަން ކާމިޔާބުވި ސަބަބު. މިއީ ރާއްޖޭގެ ފާހަގަކޮށްލެވޭ އަދިތާރީޚީ ފެށުމަކަށް ވެގެންދާނެ“ ޑރ. ޑަމިތް ގެންގޮޑަވިލެޖް ވިދާޅުވިއެވެ.

މި ސެންޓަރގެ ޕަރޓަނަރއިން ގޮތުގައި ހިމެނެނީ :

1.ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

2.ހުވަވެއި

3.ދިވެހި ރާއްޖޭގެ ގުޅުން ޕީއެލްސީ (ދިރާގު)

4.ސްޕާރކް ހަބް

5.ވިމެން އިން ޓެކް

6.ސޮނޭވާ ނަމޫނާ

7.އޮކްސިކާ ޕްރައިވެޓް ލިމިޓެޑް

8.އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް މަނީ އެންޑް އެންޓްއެޕްރްނިއާޝިޕް ޑިވެލޮޕްމަންޓް

9.ސްކޮޔާރ ހަބް

10.ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

11.ކަނޑޫފާ ފައުންޑޭޝަން

12.ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ

މިއަދުގެ ޙަފްލާގައި ވިލާ ކޮލެޖުގެ ބިސްނަސް އިންކިއުބޭޝަން ސެންޓަރ،ވީ އިގްނައިޓް ވެސް ހުޅުއްވައިދެއްވީ މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

މި ޙަފްލާ ގައި ވިލާ ކޮލެޖު އެކި އެކި ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ 7 ދަރިވަރަކު އެލެވޭޓަރ ޕިޗް ހުށަހެޅުން ވެސް އޮތެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ އިންކިއުބޭޝަން ސެންޓަރުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވާލއއވާފައެވެ. އަދި މިފަދަ ސެންޓަރުތަކުން ގައުމުގެ އިޤްތިސާދަށް ފައިދާވާނެ ގޮތާއި މެދު ވާހަކަ ދައްކައި، މި ސެންޓަރުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ހިއްވަރު ދެއްވިއެވެ.

މީގެ އިތުރުން ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބުގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީއިން ހިންގާ ޕްރޮގްރާމްތައް، އިތުރުކުރައްވާ ފުޅާކުރެއްވި ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ބިޒްނަސް ސްކޫލާއި އިންކިއުބޭޝަން ސެންޓަރުގެ ތަސައްވަރުގެ މައްޗަށް ވައިސް ރެކްޓަރގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އަދި އިންކިއުބޭޝަން ސެންޓަރުގެ އުފެއްދުމުގައި އިންޑަސްޓްރީ ތަކުންނާއި ފަންނީ ބޭފުޅުންގެ ފަރާތް ޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

ވިލާ ކޮލެޖުން ބުނީ، ޤާސިމް އިބްރާހިމ ބިޒްނަސް ސްކޫލްގެ ނަމުން ރީބްރޭންޑް ކުރެއްވުމުގައި ޗެއަރމަން ޤާސިމް އިބްރާހިމްގެ ނަންފުޅު އިޙްތިޔާރުކުރައްވައިފައިވަނީ ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އެ ނަންފުޅަކީ އެކަމަށް އެންމެ އެކަށޭނެ ނަންފުޅު ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފާމަސީ ދާއިރާ ކުރިއެރުވުމަށް ސްޓޭޓް ފާމާ މެނޭޖްމަންޓުން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި
10 Aug 2026 ހަބަރު

ފާމަސީ ދާއިރާ ކުރިއެރުވުމަށް ސްޓޭޓް ފާމާ މެނޭޖްމަންޓުން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި

ފާމަސިސްޓުން ތަމްރީނުކުރުމާއި ފާމަސީ ދާއިރާއަށް ޝައުޤުވެރިވާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާފާ މެނޭޖްމަންޓުން ވިލާ ކޮލެޖާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ...

ވިލާ ކޮލެޖުގެ މިދިޔަ އަހަރުގެ ސްކޮލަޝިޕް 7 ދަރިވަރަކަށް ދީފި
21 Apr 2025 ހަބަރު

ވިލާ ކޮލެޖުގެ މިދިޔަ އަހަރުގެ ސްކޮލަޝިޕް 7 ދަރިވަރަކަށް ދީފި

ވިލާ ކޮލެޖުގެ 2024 ވަނަ އަހަރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން ހޮވުނު ހަތް ދަރިވަރަކަށް ސްކޮލަޝިޕް ހަވާލުކޮށްފި އެވެ. ވިލާ ކޮލެޖް ކެމްޕަހުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތެއްގައި ސްކޮލަޝިޕް ހަވާލުކޮށްދެއ...

ވިލާކޮލެޖް އަބަދުވެސް ދެމިއޮންނާނީ ފެންވަރު ރަނގަޅު މަތީތަޢުލީމު ފޯރުކޮށްދިނުމަށް: ގާސިމް
17 Oct 2024 ހަބަރު

ވިލާކޮލެޖް އަބަދުވެސް ދެމިއޮންނާނީ ފެންވަރު ރަނގަޅު މަތީތަޢުލީމު ފޯރުކޮށްދިނުމަށް: ގާސިމް

ވިލާކޮލެޖް އަބަދުވެސް ދެމިއޮންނާނީ ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީތައުލީމު ފޯރުކޮށްދިނުންމަތީގައިކަމަށް އެ ކޮލެޖްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ވިލާކޮލެޖަށ...

ވިލާ ކޮލެޖްގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް" ބާއްވައިފި
30 Sep 2024 ހަބަރު

ވިލާ ކޮލެޖްގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް" ބާއްވައިފި

ވިލާ ކޮލެޖުން ތައުލީމް ހާސިލްކޮށް ދަސްވެނިވާ ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑު ދިނުމަށްޓަކައި "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް" އެ ކޮލެޖުން ބާއްވައިފި އެވެ. ...

ވިލާ ކޮލެޖުން އެންމެ އިސްކަމެއްދެނީ ވަޒީފާގެ މައިދާނަށް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް: ނަޖީބް
29 Sep 2024 ހަބަރު

ވިލާ ކޮލެޖުން އެންމެ އިސްކަމެއްދެނީ ވަޒީފާގެ މައިދާނަށް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް: ނަޖީބް

ވިލާ ކޮލެޖުން އެންމެ އިސްކަމެއްދެނީ ވަޒީފާގެ މައިދާނަށް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށްކަމަށް އެ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވެއްޖެއެވެ. ވިލާ ކޮލެޖުން މިރޭ ވަނީ އެ ކޮލެޖ...

ވިލާކޮލެޖުން 1237 ދަރިވަރުން ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފި
28 Sep 2024 ހަބަރު

ވިލާކޮލެޖުން 1237 ދަރިވަރުން ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފި

ރާއްޖޭގެ އެންމެބޮޑު އަމިއްލަ ކޮލެޖް، ވިލާ ކޮލެޖުން 1200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިއްޖެއެވެ. ވިލާ ކޮލެޖުން މިއަދު ވަނީ އެ ކޮލެޖުން ކުރިއަށްގެންދިޔަ މާސްޓާސް، ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާސް، ޕޯސް...