ނާޒިމް އާއި ޣައްސާން މަގާމުން އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން، އަދި ހެލްތު މިނިސްޓަރު ކަމުން އަބްދުالله ނާޒިމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް އާއި ޣައްސާން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ސާފެއް ނުވެއެވެ.
މި ބޭފުޅުންގެ އިތުރުން، މިހާތަނަށް ޖުމުލަ 9 ވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ސަރުކާރުންނާއި ވަޒީރުންވެސް ހާމަކުރައްވާފައި ނުވެއެވެ.
ކެބިނެޓްގެ ގިނަ ވަޒީރުންތަކެއް އިސްތިއުފާ ދެއްވާފައުވާއިރު، ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މަގާމުތަކުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ. އަދި ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ.
އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ އިސްވެރިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް