ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމައިފިއެވެ.
މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި 19 މިނިސްޓަރުންނާއި ބަންޑާރަ ނައިބަށް ރުހުންދީފައިވަނީ ކޮމެޓީގެ އިއްތިފާގުންނެވެ.
ވަޒީރުންނަށް ރުހުން ދިން އިރު ކޮމިޓީން ވަނީ އެ ވަޒީރުންގެ ކޮރަޕްޝަނުގެ މައްސަލައެއް ހިނގާފައި ވޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިގެން ވަނީ ބަލާފައެވެ.
މިގޮތުން ދެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ބަލަމުންދާކަން، ވޮއިސްއަށް ވަނީ އެނގިފައެވެ.
ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި ކެބިނެޓްއަށް ރުހުން އޮތްކަމަށް ފާސްކުުރުމަށް ވޯޓެއް ނަގާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް