މަލީހު މާލެއިން ބިމެއް ބައްލަވައިގެންފި، އަގަކީ 8 މިލިއަން ރުފިޔާ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، މާލެ އިން ބިމެއް ބައްލަވައިގެންފި އެވެ.
އެ ބިމުގެ މުއާމާލަތް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާފަ އެވެ. ކޯޓްގެ ނިންމުމުގައި ވަނީ މއ. ޖަނާން ނަަމަކަށް ކިޔާ 1066.56 އަކަފޫޓުގެ ބިމާއި ބިމުގައިވާ އިމާރާތް އަދި އެންމެހާ މުދާ 8 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށެވެ.
އެ ބިން ގަނެފައިވަނީ މަލީހުގެ އިތުރުން އިތުރު ތިން މީހަކު ހިމެނޭހެނެވެ. އެއީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ތިން ބޭފުޅުންނެވެ. ޖަމީލްގެ ދެ ދަރިކަނބަލުންނާއި ދަރިކަލުން އަދި މަލީހުގެ ނަމުގައި އެ ބިން ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ.
މަލީހާއި ޖަމީލަކީ އާއިލީ ބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް