ކުރީގެ ރައީސް، ނަޝީދު، ޔާމިން އަދި ސޯލިހް
ކުރީގެ ރައީސް، ނަޝީދު، ޔާމިން އަދި ސޯލިހް
ރިޕޯޓް 24 Dec 2025 | 12:40

ރައީސް ޔާމީނު، އެމްޑީޕީއާ ބަޔަތު ހިއްޕަވައިގެން ކުރިއަށްދާން ބޭނުމެއްނުވޭ؟

ވަރަށް ގިނަ ދުވަހަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މިވަނީ ބައްދަލުކުރައްވާފައެވެ. މި ދެ ބޭފުޅުންނަކީ އެމްޑީޕީ އުފެދުމުގެ މާ ކުރިންވެސް ވަރަށްގާތް ދެ ބޭފުޅުންނެވެ. އަދި އެމްޑީޕީ އުފެދުމާ ހަމައިން، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބު ދުަވަސްވަރާ ޖެހެންދެންވެސް ދެބޭފުޅުންނަކީ, ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަމުން އައި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ ގުޅުން ގޯސްވީ، ރައީސް ނަޝީދުއަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާއަށްފަހުއެވެ.

އެ ހަމަލާއަށްފަހު މިއަދާހަމަޔަށް ދެ ބޭފުޅުން އެކުގައި ބައްދަލުވުމެއް ބާއްވާފައިވާކަމެއް އެނގޭކަށެއް ނެތެވެ. ނަމަވެސް ދުވަސްތަކަކަށްފަހު ދެ ބޭފުޅުން މިއަދު ވަނީ އެއް މޭޒުދޮށަށް ވަޑައިގެން ސިޔާސީ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ދެ ބޭފުޅުންވެސް ވަނީ އުފެދުނު ހިޔާލު ތަފާތުވުންތައް އެއްފަރާތުގައި ބޭއްވުމަށްފަހު އެއްގަލަކަށް އަރާވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ނަޝިދާއި ސޯލިހުވެސް ވަނީ ދެ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔަ އެ ކަންތައްތައް އެއީ ހިނގައިގެންވާނޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެ ދެރައީސުން މިހާރު ތިއްބެވީ އެއްބޭފުޅެއް އަނެއް ބޭފުޅެއްގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކާ ނުވަތަ ކިޔުއްވި ފާޑުކިޔުންތައް ފަހަތަށް ޖައްސާލުމަށްފަހުގައި ކަމަށެވެ.

ނަޝީދާއި ޞާލިޙްގެ ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ އެމްޑީޕީ

ރައީސް ސޯލިހް ވިދާޅުވެފައިވަނީ އޭރުގައި ދިމާވި ކަންތައްތަކަކީ ވެގެން ވާނެ ކަންކަމެއް ނޫން ކަމަށާ، އެހެން އެކަން ދިމާވީ ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ދިއުމުން ވީ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ޢަބްދުﷲ ޔާމިނާއެކު މަސައްކަތް ކުރައްވާނަންތޯ ކުރި ސުވާލުގެ ޖަވާބުގައި ކުރީގެ ދެ ރައީސުންވެސް ވިދާޅުވެފައިވަނީ ވަރަށް ޕޮޒިޓިވްކޮށް ޖަވާބުދެއްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި، ގައުމު އޮތް އެމަނިކްފާނާއެކު މަސައްކަތް ކުރައްވަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކްފާނު ރައީސް މައުމޫނާއެކު ސިޔާސީ މަސައްކަތްޕުޅު ކުރެއްވިއިރު، ރައީސް ޔާމީނާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.

ދެ ބޭފުޅުން ރައީސް ޔާމިނާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ރައީސް ޔާމިނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިކަމުގައި ނުސީދާ ގޮތެއްގައި ރައީސް ޔާމީންގެ ރަޢުޔު އޮތްގޮތް ސާފުކޮށްދެއްވާފައެވެ.

މަލީހް ކުރެއްވި ޕޯސްޓްގައި ވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރާ އެއްކޮޅަށް އަދި ދެކޮޅަށްވެސް ޒިންމާދާރުގޮތެއްގައި ހަރަކާތްތެރިވި ސިޔާސީ ޕާޓީއަކީ ޕީއެންއެފްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ޕީއެންއެފް އަދާކުރި ދައުރު އެހެން ޕާޓީތަކުންވެސް އަދާކުރަން ޖެހޭކަން ފާހަގަކުރައްވައި މަލީހް ވަނީ އެމްޑީޕީން އެންމެ ފުރަތަމަ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް ނުސީދާ ގޮތެއްގައި ރައީސް ސޯލިހް އަދި ރައީސް ނަޝީދަށް ރައްދު ދެއްވާފައިވާއިރު، ޕީއެންއެފުން ބާއްވަމުންދާ ޖަލްސާތަކުގައި ރައީސް ޔާމިނު ގެންދަވަނީ ކުރީގެ ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދަށްވެސް ދޭތެރެއަކު ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް
29 Oct 2026 ހަބަރު

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލްކުރެވޭނެ މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އަންހެން ކުދިން "ޖާރިޔާއިންނަށް" ހެދުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ބިލާ ދެކޮޅަށް އިތުރު ހަރުކަށި ޕޯސްޓެއް ކުރައްވައިފިއެވެ.

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
29 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކުރުން ފަސްކޮށްފައި ވަނިކޮށް، އެ މައްސަލައިގެ ބައެއް ކަންކަން އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން
28 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.