ޖަޕާނުން ހިލޭ ގެތައް ދޫކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖަޕާނުގެ ރަށްތަކުން ހުސް ގެތައް ގިނަވެ، އެގެތައް ބޭނުންބަޔަކަށް ހިލޭ ދޫކުރަން ފަށައިފިއެވެ.
ޖަޕާނުގެ ސަރަހައްދުތަކުން ހިލޭ ގެތައް ދޫކުރަން ފަށާފައިވަނީ އާބާދީ މަދުވެ، އާބާދީގެ ބޮޑުބައި ރަށްފުށް ދޫކޮށް ޝަހަރުތަކަށް ބަދަލުވަމުން ދިއުމުންނެވެ.
އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުގައި މިގޮތަށް ގެތައް ދޫކުރަން ފަށާފައިވަނީ، 2040 އަންނަ އިރު އެގައުމުގެ 900 އެއްހާ އަވަށް ފަޅުވެދާނެކަމުގެ ބިރުވެރިކަން އޮތުމުން، އެކަން ހުއްޓުވުމުގެ މަގުސަދުގައެވެ. މީގެ ކުރިން މިގޮތަށް އަވަށްތަކުގައި ހުރި ފަަޅުގެތައް އެގައުމުން ވަނީ ވިއްކާފައެވެ.
މިގޮތަށް ގެތައް ދޫކުރާއިރު، ޖަޕާނުގެ ފަރާތްތަކުން ވަނީ ގެތައް ބަލައިގަންނަ މީހުންގެ ކިބައިގައި ވަކި ޝަރުތުުތަކެއް ހުރުމަށް ކަނޑައަޅާފައެވެ. އެގޮތުން އުމުރުން ސާޅީސް އަހަރު ނުވުމާއި، އަށާރަ އަހަރުން ދަށުގެ ކުއްޖަކު ހުރުން ހިމެނެއެވެ.
މި ބީދައިން އަމަލުކުރުމުގެ ސަބަބުން ޖަޕާނުގެ ޝަހަރުތަކާއި އަވަށްތައް ފަޅުވެދިޔުމުން ސަލާމަތްކުރެވޭނެކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް