ގަދަވަޔާއެކު ނަގިލި ކަހާލައިގެން މާފުށި ފަރަށް ސަފާރީއެއް އުރި ބޭނުން ނުކުރެވޭ ހާލަތައް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މާފުށީ ފަރަށް ސަފާރީއެއް އުރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި ޕްރިންސަސް ލާލަ ނަމަކަށް ކިޔާ މި ސަފާރީ އުރުމާއެކު އޭގައި ތިބި ބައެއް މީހުން ވަނީ ބޯޓުން މޫދަށް ފުންމާލާފައެވެ. ފަރަށް ބޯޓު އުރުމާއެކު ބޯޓުގެ އެއް ފަރާތް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނައްޓައިގެންގޮސްފައެވެ. އަދި ބޯޓު އެއްކޮށް ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ.
މިހާދިސާގައި މީހަކަށް ގެއްލުންވިކަމެއް އަދި ނޭނގެއެވެ.

މާފުށިން ވާހަކަދެއްކި މީހަކު ބުނީ ގަދަވަޔާއެކު ރަށް ކައިރިއަށް ބޯޓު ލައްވެ މާގިނައިރުތަކެއް ނުވެ އެކި ދިމަދިމާލުން ވަނީ ފަޅައިގެންގޮސްފައެވެ.
މިކަމާ ބެހޭގޮތުން ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. މޫސުން ގޯސްކަމުން އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ އުޅަނދުފަހަރުތަކަށް ވަކި ހާއްސަކޮށް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް