އައިއެމްއެފް-- ފޮޓޯ: މިންޓް
އައިއެމްއެފް-- ފޮޓޯ: މިންޓް
ހަބަރު 07 Feb 2024 | 10:34

ރާއްޖޭގެ އިގްތިސާދު މިއަހަރު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ: އައިއެމްއެފް

ރާއްޖޭގެ އިގްތިސާދު މިއަހަރު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާއި އިގުތިސާދީ ސިޔާސަތުތަކާއި ގުޅޭ ގޮތުން އައިއެމްއެފްގެ ވަފުދެއް ވަނީ ރާއްޖެ އަށް ހަތަރު ދުވަހުގެ ޒިޔާރަތްތެއް ކޮށްފަ އެވެ. މި ޒިޔާރަތަށް ފަހު އެ ވަފުދުން ހޯދި ހޯދުންތަކަށް ރިއާޔަތްކޮށް ނެރުނު ބަޔާނުގައި ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވި ނަމަވެސް 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 13.2 އިންސައްތައަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މި އަދަދު 2023 ވަނަ 4.4 އިންސައްތަ އަށް ކުރިއަރާފައިވާއިރު، 2024 ވަނަ  އަހަރު ރާއްޖޭގެ އިގްތިސާދު 2024 ވަނަ އަހަރު 5.2 އިންސައްތަ އަށް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ވަނީ އަންދާޒާކޮށްފައެވެ.

އައިއެމްއެފް އިން ބުނީ މިއަދަދު ކުރިއަރައިގެން ދިޔުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހުޅުވުމާއި އެކު، ރާއްޖޭގެ ހޮޓެލް ތަކުގެ ކެޕޭސިޓީ އިތުރުކޮށްފައިވުމަކީ ވެސް މީގެ ސަބަބެއް ކަމަށެވެ.

އެހެންނަމަވެސް އައިއެމްއެފް އިން ވަނީ ރާއްޖޭގެ މާލީ ހާލަތުގެ ނާޒުކުކަން ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި އަހަރުގެ މެދު ތެރޭގައި ދަރަނި ކުޑަ ވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް މުޅި ޖުމްލަ މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަންޏަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، އައިއެމްއެފްއިން ވަނީ ރާއްޖޭގެ ވިޔަފާރި ރަނގަޅުކުރުމާއި، ސިޔާސަތުތައް ހަރުދަނާކުރުމާއި، ހުނަރު ތަރައްޤީކުރުން އިތުރުކުރުމަށް ގޮވާލާފައެވެ.

އައިއެމްއެފް ގެ ވަފުދު ރާއްޖެއަށް ކުރި މި ދަތުރުގައި އެބޭފުޅުން ވަނީ ތަރައްގީގެ އެޖެންޑާ އާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްފައެވެ. މިގޮތުން މި ބޭފުޅުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި، ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ސަރުކާރާއި އެމްއެމްއޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރގެ މަންދޫބުންނާއި، ބައިލެޓަރަލް ޑޯނަރުންނާއި، ޑިވެލޮޕްމަންޓް ޕާޓްނަރުންނާވެސް މި ވަފުދުން ބައްދަލުކޮށްފައިވެއެވެ.

އައިއެމްއެފްއިން މިފަދައިން ބުނެފައިވާއިރު، ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ރާއްޖެއަށް އަންނަ، ކަމާގުޅޭ ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކުންވެސް އެކަން ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.