ތެލެތޯން ކުރިއަށްގެންދިއުމުގައި ބައިވެރިވި ބައެއް މީޑިއާތަކުގެ ބޭފުޅުން...
ތެލެތޯން ކުރިއަށްގެންދިއުމުގައި ބައިވެރިވި ބައެއް މީޑިއާތަކުގެ ބޭފުޅުން...
ހަބަރު 01 Dec 2025 | 20:24

މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހިން" ކާމިޔާބުކަމާއެކު ނިންމާލައިފި

އަވައްޓެރި ސްރީލަންކާއަށް އެހީވުމުގެ ގޮތުން ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހިން" ތެލެތޯން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ތެލެތޯނުގައި ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވިއެވެ. ވަރަށް ކުއްލިގޮތަކަށް މީޑިއާ ހައުސްތަކަށް ގޮވާލައި މީޑިއާތަކުން ދިން ފުރިހަމަ އެއްބާރުލުމާއެކު ތެލެތޯން ފަށާފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލާފައިވަނީ މިއަދު މެންދުރުފަހު ދޭއްޖެހިފަހުންނެވެ.

ތެލެތޯން އިންތިޒާމްކުރި ސްޓިއަރިން ކޮމިޓީން ބުނެފައިވަނީ، ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު، ޓެލެތޯންއަށް 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ.

ތެލެތޯން ކުރިއަށްދިޔައިރު މާލެ ސަރަހައްދުގެ އެކި ދިމާލުގައި ފަންޑްފޮށިތައް ބެހެއްޓުނުއިރު، އެކައުންޓަށް ފައިސާ ޖަމާކުރަން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިދީފައެވެ. ތެލެތޯނަށް ކުރިއަށްގެންގޮސްފައިވަނީ މިނިވަން އޮޑިޓްފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ.

ސިލޯނާއެކު ދިވެހިން ތެލެތޯނަށް އެންމެގިނައިން ފައިސާ ހަދިޔާކޮށްފައިވަނީ ދިވެހި ފުލުހުންގެ މުއައްސަސާއިންނެވެ. ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާކުރިއިރު، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމާއަތްތަކުންވެސް މިލިއަނުން ފައިސާ ހަދިޔާކޮށްފައެވެ.

ސްރީލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ތެލެތޯނަށް ސްރީލަންކާ ސަރުކާރުގެ ފަރާތުން ވަނީ ތައުރީފްކޮށް ދިވެހިންނަށް ޝުކުރު އަދާކޮށް، ލަންކާއަށް އެހީވުމަށް އެންމެ އަވަހަށް އިސްނަގައި އަމަލީގޮތުން މަސައްކަތް ފެށި ބަޔަކީ ދިވެހިންކަން ފާހަަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި
25 Nov 2026 ހަބަރު

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް، އަދި ސީޝެލްސް ހިމެނޭ ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމުގެ މަންސައެކެވެ.

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި
25 Nov 2026 ހަބަރު

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި

ސެކިއުރިޓީ ޑިޕޮސިޓުގެ ޢަދަދު ވެސް މި ގަވާއިދުގައި ވަނީ ބޮޑުކޮށްފައެވެ. ކުރިން 100،000 އެމެރިކާ ޑޮލަރު ގޮތުގައި އޮތް ޑިޕޮސިޓް 200،000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައިވާ އިރު، އިތުރު ކޮންމެ ތަނަކަށް ބަހައްޓާ ޑިޕޮސިޓް ވެސް 50،000 ޑޮލަރުން 100،000 ޑޮލަރަށް ވަނީ މައްޗަށް ޖައްސައިފައެވެ.

ކައިވެނީގެ ބޭރުން އަންހެނަކު ވިހޭ މައްސަލަ: ލިބުނީ ދެ ކުދީން، އެއް ކުއްޖަކު ނިޔާވެއްޖެ
25 Nov 2026 ހަބަރު

ކައިވެނީގެ ބޭރުން އަންހެނަކު ވިހޭ މައްސަލަ: ލިބުނީ ދެ ކުދީން، އެއް ކުއްޖަކު ނިޔާވެއްޖެ

މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށާއި ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ
25 Nov 2026 ހަބަރު

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ

ހުވަނި ކޮންޓްރޯލްކުރުމުގެ މަސައްކަތް ހެނދުނު 9:00 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވައިފައެވެ

 އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި
25 Nov 2026 ހަބަރު

އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގެ 11 ޤައުމެއް ހިމެނޭ އަޕްޑިމް ޚާއްޞަވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ.

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް
25 Nov 2026 ހަބަރު

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް

މިގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ހާސިލުކުރެވިގެންދާނެ އެވެ.

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް
25 Nov 2026 ހަބަރު

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ
25 Nov 2026 ހަބަރު

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.