ޝަމްއާނަށް ހުކުމް ކުރުން މިއަދު ހަވީރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފި އެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތް ހިންގާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޝަރީއަތް ނިމިހުކުމްގެ މަރުހަލާގައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މީގެ ކުރީން ހުކުމް އިއްވަން މަޖިލީހެއް ތާވަލުކުރި އެވެ. ނަމަވެސް ފަހު ވަގުތު އެ މަޖިލީސް ކެންސަލް ކުރީ އެވެ.
މިހާރު ވަނީ މިއަދު ހަވީރު 4:00 އަށް ހުކުމް ކުރުމުގެ މަޖިލީސް ތާވަލުކޮށްފަ އެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ ވިއްސަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް