ރައީސަށް ތުހުމަތުކޮށް ޝަމްއާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: ތަރުޖަމާން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝައްމާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ހުކުމް އިއްވުމަށް މިއަދު އޮތް މަޖިލީހަށް ވަނުމުގެ ކުރީން ޝައްމާން ވަނީ ނޫސްވެރީންނާއި ބައްދަލުކޮށްފަ އެވެ. އަދި ބިދޭސީންގެ ކޯޓާއި ހޯމް މިނިސްޓަރު އަލީ އިހްސާން "ވައްކަން" ކުރަމުންދާ ކަމަށާ އެކަން ރައީސްގެ ސަމާލު ކަމަށް ގެނައި ކަމަށް ވިދާޅުވެފަ އެވެ.
އަދި ބޮޑާ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަށް މިނިސްޓަރު އިހްސާން އާއި ބަންޑާރަ ނާއިބު އުޝާމް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ރައީސަށް އެނގޭނެ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންކަމުގައި ރައީސް ވެސް ބައިވެރިވާ ކަމަށެވެ.
އެ ވާހަކަތައް ދޮގުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް