N/A
N/A
ހަބަރު 04 Dec 2018 | 16:16

މެންބަރު އިމްތިޔާޒުގެ ބިލަކީ ޝަރީއާ ފޮހެލުމަށް ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޑރ އިޔާޒް ވިދާޅުވެއްޖެ

ވަކީލުންގެ ކަންކަން ހަރުދަނާ ކުރުމަށް މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގާނޫނީ ހިދުމަތުގެ ބިލަކީ އިސްލާމީ ޝަރީޢާ ފޮހެލުމަށް ދުރާލާ ރާވައިގެން ކުރާކަމެއް ކަމުގައި ޑރ މުހައްމަދު ޢިޔާޟް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ހަމައެކަނި ކޮމަންލޯ ކިޔަވައިގެންތިބި ބޭފުޅުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަކީ އިސްލާމީ ޝަރީޢާ ފޮހެލުމަށް ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށާއި އިސްލާމީ ޝަރީއަތާއި ހިލާފު އެއްވެސް ޤާނޫނަކަށް އަދި ޤަވާއިދަކަށް ބޯލަނބާ ކިޔަމަންވާކަށް ނުޖެހޭނެ ކަމުގައި ޑރ މުޙައްމަދު ޢިޔާޟް ކުރެެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ވަކީލުންގެ ކަންކަން ހަރުދަނާ ކުރުމަށް މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގާނޫނީ ހިދުމަތުގެ ބިލުގައި ވަކީލު ކަމުގެ ހުއްދަ ދޭނެ ޝަރުތަކުގައި ވަކީލު ކަމުގެ ހުއްދަ ދެވޭނީ ގާނޫނުގައިވާ ތަމްރީނުތައް ހާސިލްކޮށްފައިވާ މީހުންނަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި ބިލްގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ ދޭން ވަނީ ޝަރީއާ އެންޑް ލޯއިން ޑިޕްލޮމާ ނުވަތަ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހާސިލްކޮށްފައިވާ މީހުނަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާތާ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސަނަދުތައް ނެތް މީހުން، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީހުންގެ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވެގެން ދާނެ ކަމަށް ބިލްގައިވެ އެވެ.

ހަމައެކަނި ޝަރީއާ ކިޔަވައިގެން ރާއްޖޭގައި ގިނަ ބަޔަކު ގާނޫނީ ވަކީލުކަން ކުރަމުން ދާއިރު ގިނަ އަދަދަކަށް ދިވެހިން ޝަރީއާ ކިޔަވަމުން ގެންދާ މަދީނާ ޔުނިވާސިޓީ އާއި އަޒްހަރުންވެސް ކިޔަވާދެނީ ޝަރީއާއެކަނިކަން ފާހަގަކޮށްލަންޖެހެއެވެ. މިޤާނޫނު ތަސްދީގު ކުރާހިސާބުން މި ސަނަދު ނަގާފައިވާ ފަރާތްތަކުން ވަކާލާތު ނުކުރެވޭނެއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގެ އަސާސް އަކީ ޝަރީއާކަމަށް ވެފައި މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމުން ގިނަ އަދަދެއްގެ ފަރާތްތަކަކުން އަންނަނީ މިކަމަށް ފާޑުވިދާޅަމުންނެވެ. ޚާއްސަކޮށް ދީނީ އިލްމުވެރިން ގެ ފާޑުކިޔުން ވަނީ މި ބިލަށް އަމާޒުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.