ދަރުމަވަންތަ ހޮސްޕިޓަލް ބޭރުގެ ފަރާތަކާ ހަވާލުރުމަށް އަންނަނީ މަޝްވަރާ ކުރަމުން - އަބްދުރަހީމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭރު ޤައުމެއްގެ ކުންފުންޏަކަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ދިނުމަށް މަޝްވަރާކުރަމުންއަންނަކަމަށް ޕީޕީއެމްއިން ހާމަކޮށްފިއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބް ރައީސް އަދި ފުނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި، އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރު އަރާނެ ވާހަކައަކީ އަބަދުމެ އެކި ފޯރަމްތަކާ ޖަލްސާތަކުގައި ދައްކަމުނެ ގެންދެވި ވާހަކަތައްކަމާއި، މިއަދު ވެރިކަން ލިބުމުން މި ފެންނަމުން ދަނީ އެކަންތައްތައްކަން ފާހަގަކުރެއްވެވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ބޭރުގެ ކުންފުންޏަޔަށް ދޭންއުޅޭ ވާހަކަ ދެކެވެމުންދާ މިދަނޑިވަޅުގައި ވަނީ އައިޖީއެމްއެޗް ގެ ސޯއީއޯކަމަށް އިބްރާހީމް ސަލީމް (ކުޑަ ބަންދޭ) ހަމަ ޖެއްސުންމިއީ މިކަމަށް ބާރުލިބިގެންދާކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ބައިނަލް އަޤުވާމީ އެއާޕޯޓް ޖީއެމްއާރަށް ދިނުމަށް އޭރުގެ އެއާޕޯޓް ކުންފުނީގެ ޗެއާމަންކަމަށް ހުންނެވި ނޫރައްދީން އެއްބަސްވެވަޑައިނުގެންނެވެމުން ސަލީމް އެމަޤާމައް ހަމަ ޖައްސަވައި އެދުވަހުން އެދުވަހަށް ޖީއެމްއާރަށް އެއާޕޯޓް ދެވިގެންދިޔަކަން އަބްދުރަހީމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރީޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމީޔާތަށް ބޭރުގެ ބައެއް ޤައުމުތަކުގެ އިސްވެރިން އައިސްފައިވަނީ އެޤައުމުގެ ކުންފުނިތަކަކަށް ރާއްޖޭގެ އެކި ތަންތަން ދިނުމަށް އެއްބަސްވުމުންކަމުގައި ވެސް އޭނާ ފާހަގަކުރެއްވެވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު އިންޑިއާގެ ކުންފުންޏަކަށް ދަރުމަވަންތަ ހޮސްޕިޓަލް ދިނުމަށް މަޝަވަރާ ކުރަމުންއަންނަކަމަށް އިދިކޮޅު ޕީޕީއެމްއިން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މިހާތަނަށް ވެސް ސަރުކާރުން މިކަމުގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަކުރެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް