ސިއްހަތާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް-- ފޮޓޯ: ވޮއިސް
ސިއްހަތާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް-- ފޮޓޯ: ވޮއިސް
ހަބަރު 03 Mar 2024 | 01:54

ކުރީ ސަރުކާރުތަކަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ނުފެށި އޮތީ އެފަދަ ތަސައްވުރެއް ނެތުމުން: ޑރ.ޚަލީލް

މީގެ ކުރިން އައި ސަރުކާރުތަކަށް ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ނުފެށި އޮތީ އެފަދަ ތަސައްވުރެއް ނެތުމުން ކަމަށް ސިއްހަތާއި ބެހޭ ވަޒީރު ޑރ.އަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލް މިފަދައިން ވިދާޅުވެފައިމިވަނީ މިއަދު ރައީސް ޑރ.މުއިއްޒު ރ.އަލިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ބޮޑު ކާމިޔާބީއެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިކަން ހާސިލްކުރެވިގެން މި ދިޔައީ ރައީސް ޑރ.މުއިއްޒުގެ ތަސައްވުރުގެ މޮޅުކަމުން ކަމަށެވެ.

ވަޒީރު ޚަލީލް ވިދާޅުވީ، މީގެ ކުރިންވެސް މި ޚިދުމަތް ގާއިމު ކުރެވޭނެ ވަސީލަތްތައް ހުރި ކަމަށާއި މިކަމަށް އެހާ ބޮޑު ހޭދަ އެއް ކުރަން ނުޖެހޭ ކަމަށެވެ. ރައީސް ޑރ.މުއިއްޒު އަށް އެންމެ މުހިންމުކަމަކީ ރައްޔިތުންނަށް ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ ފުރާނަ ސަމާލަތްކޮށް ދެއްވުން ކަމަށްވެސް ވަޒީރު ޚަލީލް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ތަނުގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް އިތުރަށް ތަރައްޤީކުރެއްވުމަށް ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާކަމަށް ވިދާޅުވެ ވަޒީރު ޚަލީލް ވަނީ މިއީ "ރޮކެޓް ސައިންސް" ނޫން ކަމަށާއި، ވިސްނުންތެރި ވެރިއެއް ވަޑައިގެންފި ނަމަ ވަރަށް ސާދާކޮށް، ވިސްނުން ގެންގުޅެގެންވެސް މިއީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް އެނގޭ ވިސްނުންތެރި ވެރިއެއް ވަޑައިގެންފީއާ، މިއިން ކޮންމެ ކަމަކީ ރޮކެޓު ސައިންސެއް ނޫންކަން، ވަރަށް ސާދާކޮށް، އާދައިގެކޮށް ވިސްނުން ގެންގުޅެގެންވެސް މިއީ ކުރެވިދާނެ ކަމެއް ކަން،"

ވަޒީރު ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔުމަށް ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުއްވާލައްވާ ވަޒީރު ޚަލީލް ވިދާޅުވީ، ބާރު ދުވެލީގައި މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ރައީސް ޑރ.މުއިއްޒު ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅު ރާއްވަވާފައި ހުންނަގޮތުން ވަޒީރުންނަށްވެސް އެ ސްޕީޑުގައި ދާން އުނދަގޫވާ ކަމަށާއި ރައީސް ޑރ.މުއިއްޒު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ސްޕީޑްގައި ކަންކަން ކުރުމަށް ކަމަށް ވެސް ވަޒީރު ޚަލީލް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.