ޝެއިޚް ނައިފަރީ މާލެ ވަޑައިގެންނެވުން: ފޮޓޯ/ އެހީ
ޝެއިޚް ނައިފަރީ މާލެ ވަޑައިގެންނެވުން: ފޮޓޯ/ އެހީ
ހަބަރު 28 Dec 2025 | 13:21

ޝެއިޚް ނައިފަރީ ފަރުވާއަށް މާލެއަށް، ބޭރަށް ފުރުން އަންނަ މަހު

ދީނީ އިލްމުވެރިޔާ ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ) ބޭސްފަރުވާ އަށް މާލެއަށް ވަޑައިގެންފިއެވެ.

ޝެއިޚްގެ ބޭސްފަރުވާގެ ކަންކަމަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގެ އިސްވެ ހަރަކާތްތެރިވާ އެހީ ޖަމިއްޔާއިން ބުނި ގޮތުގައި، ޝެއިޚް ބޭރަށް ފުރައިވަޑައިގަތުމަށް ތައްޔާރުވަމުން ގެންދަވަނީ ޖެނުއަރީ 2 ވަނަ ދުވަހުގެ ވަށައިގެންނެވެ. އަދި މާލޭގައި ޝެއިޚް ހުންނެވުމަށް ހަމަޖެހިފައިވަނީ ފަސް ދުވަހަށްވުރެ ކުރު މުއްދަތެއްގައެވެ.

އެހީ ޖަމިއްޔާއިން އިތުރަށް ބުނީ މިހާރު ބެންކޮކް ހޮސްޕިޓަލާއެކު ޝެއިޚްގެ އޮންލައިން ކޮންސަލްޓޭޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، ކުރިން ހެދިފައިވާ ޓެސްޓުތަކުގެ މުއްދަތު ހަމަވެފައިވާތީ، މާލޭގައި ހުންނަވާއިރު ހޮސްޕިޓަލަކުން ފުރަތަމަ ލޮލުގެ ކަންކަމާ ގުޅޭ ޓެސްޓުތައް އަލުން ހައްދަވާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ޝެއިޚްގެ ބޭސްފަރުވާގެ ހަރަދުތަކަށް ބަލައި، އިތުރު އެހީއެއް ބޭނުންވެއްޖެ ހާލަތެއްގައި، ހޮސްޕިޓަލުން އެންގުމުން އެކަމަށް ޚާއްސަ ކެމްޕޭނެއް އަލުން ހުޅުވާނެ ކަމަށް އެހީ ޖަމިއްޔާއިން ބުނެއެވެ.

އަދި މިހާރުވެސް މި ކެމްޕޭނަކާ ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

މިދަތުރުގެ ތެރޭގައި ޝެއިޚް މުހައްމަދު އިބްރާހިމްއާ ބައްދަލުކުރުމަށް ގިނަ ބަޔަކު އެދިފައިވާތީ، އެފަދަ ހަފްލާއެއް ތައްޔާރުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެހީ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން، ޝެއިޚްގެ ފޮތްތައް ޕަބްލިޝްކޮށް އާންމުންނަށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އެހީ ޖަމިއްޔާއިން ވަނީ ޝެއިޚް މުހައްމަދު އިބްރާހިމްގެ މި މެޑިކަލް ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެންމެންގެ ދުޢާ އާއި، އިތުރު އެހީއެއް ބޭނުންވެއްޖެ ހާލަތެއްގައި އަބަދުވެސް ކައިރީގައި ތިބުމަށް އެދިފައެވެ.

ޝެއިހުގެ ދެ ލޮލުގެ ފެނުން ގެއްލި އެކަމަށް ފަރުވާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް "އެހީ" ޖަމިއްޔާގެ "އެދިހަ" ޕޯޓަލް މެދުވެރިކޮށް ޚާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ.

އެ ޕޯޓަލުން ޝެއިޚްގެ ފަރުވާގެ ކަންކަމާގުޅޭ އަދާހަމަ ބަލާލެވޭނެ ކަމަށް އެހީ ޖަމިއްޔާއިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު
21 Aug 2026 ހަބަރު

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު

ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުއަށް އިސްނެގި އާއިލާއިން ވަނީ ޖުމްލަ ޚަރަދުގެ 20 އިންސައ...