މޯދީ ވެފައިވާ އެއްވެސް ވައުދެއް ނުފުއްދާ: ރާހުލް ގާންދީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުއްދަވާފައިނުވާ ކަމަށް އިދިކޮޅު އިންޑިޔަން ނޭޝަނަލް ކޮންގްރެސްގެ ރައީސް، ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ތެލަންގްނާ އަވަށުގެ އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރާހުލް ވިދާޅުވީ، މޯދީ އަށް ގައުމުގެ އެންމެ މުއްސަނދި މީހުންގެ ދަރަނި މާފުކޮށްދެވޭނަމަ، ދަނޑުވެރިންގެ ދަރަނިތައްވެސް މާފުކޮށްދެވެން ވާނެ ކަމަށާއި، އެކަން ނުވަނީ ކީއްވެތޯ ސުވާލުއުފެދޭ ކަމަށެވެ.
ރާހުލް ވިދާޅުވީ އެދެމުން މިދަނީ ވަކި ދަނޑުވެރިންނަށް ހިލޭ ހަދިޔާއެއް ދިނުމަށް ނޫންކަމަށާއި، ކޮންމެ ކަމެއް ކުރިޔަސް، ވައުދުވެފައިވާ ގޮތަށް ހަމަހަމަކަމާާއި އެކު މީހުންނަށް އަމަލުކުރުން ކަމަށެވެ.
މީގެ އިތުރަށް ރާހުލް ވަނީ، މޯދީ އޭނާ ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދުމުގައި ނުކުޅެދިފައިވާކަމަަށް ބަޔާންކުރައްވައި، މޯދީއަކީ ތެދުވެރި ބޮޑުވަޒީރެއް ނޫންކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް