ޖޭއެސްސީގެ ރައީސަކަށް މުޖްތާޒް، ނާއިބަކަށް ނާސިހް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ކަމަށް، މއ. ސިގްމާ، މުހައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް މ. ފަލްކަންގެ، މުހައްމަދު ނާސިހް މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ސީއެސްސީގެ ރައީސްގެ މަގާމަށް މުހައްމަދު މުޖްތާ އަދި ނާއިބު ރައީސް ކަމަށް މުހައްމަދު ނާސިހް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޔަނުކުރައްވާފައިވާ ކަމަށެވެ.
މި ދެ ބޭފުޅުން މަގާމަށް އައްޔަންކުރައްވާފައި ވަނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސީއެސްސީގެ ނާއިބު ރައީސްކަން ކުރިން ކުރެއްވި މުހައްމަދު މުޖްތާޒް ސީއެސްސީގެ ރައީސަކަށް އައްޔަނުކުރެއްވިއިރު ނާއިބު ރައީސް ކަަމަށް އައްޔަނު ކުރެއްވި މުހައްމަދު ނާސިހަކީ ކުރީން ސީއެސްސީގެ ރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް