އައްސޭރި އާއި ޔުނައިޓެޑް ރޯޔަލްސް ބައްދަލުކުރިމެޗްގެ ތެރެއިން..
އައްސޭރި އާއި ޔުނައިޓެޑް ރޯޔަލްސް ބައްދަލުކުރިމެޗްގެ ތެރެއިން..
ހަބަރު 31 May 2026 | 06:22

އައްސޭރިން ފަސޭހަކަމާއެކު ޔުނައިޓެޑް ރޯޔަލްސް ބަލިކޮށްފި

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ ބޮޑު ޢީދު ފުޓްސަލް ޗެލެންޖގައި ރޭ އައްސޭރި ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ރޯޔަލްސް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އައްސޭރި ކާމިޔާބުކޮށްފިއެވެ.

ކުޑަހުވަދޫ އަކިރެއިރެ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި މެޗުގައި އައްސޭރި ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި އައްސޭރީގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ.

މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ހެޓްރިކް ހެދި ރައްޔާން ބިން އިސްމާޢީލް ޢާދިލެވެ. މެޗްގައި ރައްޔާން ތިން ގޯލް ޖެހިއިރު، ލޫތް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. އައްސޭރިއަށް ދެން ގޯލްތައް ޖަހައިދިނީ އިބްރާހީމް ރަޝާދު، ލަޔާން ޢަބްދުﷲ އަދި ޒަލަފެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގު ކުރީ ހެޓްރިކް ހެދި ރައްޔާން ބިން އިސްމާޢީލް ޢާދިލެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރައްޔާން..

މި ނަތީޖާއާ އެކު ގްރޫޕް 1 ގެ ތާވަލަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން ދެ މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި އޮތް އައްސޭރި އެސްސީއަށް ލިބުނު މި މޮޅާ އެކު ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް ރޯޔަލްސް އަށް ތިން މެޗުން ވެސް ޕޮއިންޓެއް ނުހޯދި، އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. މިހާތަނަށް ކުޅުނު މެޗްތަކަށް ބަލާއިރު، ގްރޫޕްގެ ކުރީގައި ނުވަ ޕޮއިންޓާ އެކު ރޯޔަލްސް ސިޓީ އޮތްއިރު، ހަ ޕޮއިންޓާ އެކު މައިދާން އެސްސީ އޮތީ ދެވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް
17 Nov 2026 ކުޅިވަރު

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް

އދ. ދަނގެތީ، ޤަލަމް ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި "ހަނދު ރުނބާ ޗެލެންޖް2026" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އެލައިޓް އެފްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.