ނާއިބު ރައީސް މާލީ ބަޔާން: ތިން އެކައުންޓްގައި 8ހާސް ރުފިޔާއާ 300 ޑޮލަރު، އެއްވެސް މުދަލެއް ނެތް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުޙައްމަދު ލަތީފްގެ މާލީ ބަޔާން އާންމުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައިވާ މާލީ ބަޔާނުގައިވާ ގޮތުން ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ނާއިބު ރައީސަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 314,664.07 ރުފިޔާ އެވެ.
މާލީ ބަޔާނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިވަޑައިގެންފައެއް ނުވެ އެވެ.
އަދި ނާއިބު ރައީސްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް އަދި ވިޔަފާރި މަސްލަހަތެއްވެސް ނެތް ކަމަށް މާލީ ބަޔާނުގައިވެ އެވެ.
މާލީ ބަޔާނުގައިވާ ގޮތުން ނާއިބު ރައީސްގެ ބީއެމްއެލްގެ އެއް އެކައުންޓްގައި 8,390.00 ރުފިޔާ އެބަ ހުއްޓެވެ./ އަދި އިސްލާމިކް ބެންކުގެ އެއް އެކައުންޓްގައި 39.00 ރުފިޔާ ވެ އެވެ. އަދި އެމަނިކުފާނުގެ ޑޮލަރު އެކައުންޓްގައި 397.00 ޑޮލަރު ހުރި ކަމަށް ބުނެފައިވެ އެވެ.
ނާއިބު ރައީސްގެ ނަންފުޅުގައި އެއްވެސް ލޯނެއް އަދި ދަރަންޏެއް ވެސް ނެތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް